Salaamathaai rahkaatheri kamah, siyaasee hamajehun laazimu: Imraan
image
ދުވާފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

ސަލާމަތާއި ރައްކާތެރި ކަމަށް، ސިޔާސީ ހަމަޖެހުން ލާޒިމު: އިމްރާން

ސަލާމަތާއި ރައްކާތެރި ކަމަށް، ސިޔާސީ ހަމަޖެހުން ގާއިމްވެފައި އޮތުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ޑިސެންބަރު 26، 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހިން ދެއްކި ނަމޫނާ އާ ގުޅިގެން ފާހަގަ ކުރާ އެއްބައިވަންތަ ކަމުގެ ދުވަހާ ގުޅިގެން ރ. ދުވާފަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި މިނިސްޓަރު އިމްރާން ވިދާޅުވީ، ދިވެހީންގެ އެއްބައިވަންތަ ކަމުގައި ކޫރުން އެޅެނީ ގައުމުގައި އޮންނަ ސިޔާސީ ނުތަނަވަސް ކަމުގެ ސަބަބުން ކަމަށެވެ.

"އެއްބައިވަންތަ ކަމަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބާގައި ހަރުލާފައިވާ މާތް އަދި ރިވެތި ސިފައެއް،" ޝެއިހް އިމްރާން ވިދާޅުވި އެވެ.

މުޖުތަމައުގައި އެއްބައިވަންތަ ކަން ދެމެހެއްޓުމަށް ސިޔާސީ ހަމަޖެހުން ގާއިމް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކޮށްދެއްވާނެ ކަމަށް ޝެއިހް އިމްރާން ވިދާޅުވި އެވެ. އަދި އެ މަސައްކަތުގައި ރައީސް ސޯލިހާއި އެ މަނިކުފާނުގެ ކެބިނެޓުގެ ވަޒީރުންނާ އެކު ދެމިހުންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އެއްބައިވަންތަ ކަން ދެމެހެއްޓޭނީ މުޖުތަމައުގައި މުހިންމު ސިފަތަކެއް އަށަގެންނެވިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދިވެހިންނަކީ އެއްބައިވަންތަ ކަމުގެ ނަމޫނާ ދައްކާ ބައެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާލު

އަސްފާގު

ހަމަޖެހުމެއް ނުލިބޭނެ މަގުމަތީގައި ހަކުރު ވިއްކޭނަމަ