Shidhatha Arihah India Safeeru Ihuthiraamuge Ziyaaraatheh Kurahvaifi
image
މިނިސްޓަރު ޝިދާތާގެ އަރިހަށް އިންޑިއާ ސަފީރު އިހުތިރާމުގެ ޒިޔާރާތެއް ކުރެއްވުން-- ފޮޓޯ: ޖެންޑާ މިނިސްޓަރު
1 ކޮމެންޓް
 

ޝިދާތާގެ އަރިހަށް އިންޑިއާ ސަފީރު އިހުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ އަރިހަށް އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަކިލޭޝް މިޝްރާ އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ޖެންޑާ މިނިސްޓްރީގައި މިއަދު ކުރިއަށް ދިޔަ އެ ބައްދަލު ކުރެއްވުމުގައި އަންހެނުން ބާރުވެރިކުރުމާއި ގުޅޭ ގޮތުންނާއި ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

މީގެއިތުރުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދުފުޅުއް ފުއްދުމަށް އެ މިނިސްޓްރީން ކުރައްވަމުން އަންނަ މަސައްކަތްތައް އިންޑިއާގެ ސަފީރަށް މިނިސްޓަރު ހިއްސާ ކުރެއްވިއިރު އެކަމުގައި އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަންކަން ވެސް ސަފީރާ ހިއްސާ ކުރައްވާފައި ވެއެވެ.

އެ ބައްދަލުވުމުގައި އިންޑިއާ ސަފީރު ވިދާޅުވީ، އެ ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ހުރި ކަމަށެވެ. އަދި އެ ކަމުގެ ސަބަބުން ރާއްޖެ-އިންޑިއާގެ ގުޅުމަށް ވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަފީރު ވިދާޅުވި އެވެ.
ހިޔާލު

ރައިން

ސަހަރޯއޭ ހަމަހިތައްއަރާ ބުނާނެ އެއްޗެހި ހަމަގިނަކަމުން އެއްޗެއް ލިޔެނުލާ މަޑިކޮއްލީ .....އަންހެނުންގެ ހައްގުގަ އިންޑިއާ😩😩😩