Usooleh Nethi Theyo Vikkumun FSM ah Bodethi Gehlunthah
image
އެފްއެސްއެމުން ގދ. ތިނަދޫގައި ޕެޓްރޯލް ޝެޑު ހުޅުވަން ބޭއްވި ތަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އެފްއެސްއެމް
1 ކޮމެންޓް
 

އުސޫލެއް ނެތި ތެޔޮ ވިއްކުމުން އެފްއެސްއެމަށް ބޮޑެތި ގެއްލުންތައް

އެއްވެސް އުސޫލެއް ނެތި ތެޔޮ ވިއްކުމުން ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް ފާއިތުވި ދެ އަހަރު ވެސް ލިބިފައިވަނީ ގެއްލުން ކަމަށާއި، މި އަހަރު ވެސް ލިބޭނީ ގެއްލުން ކަމަށް ބުނެފި އެވެ. Dhiraagu
އެފްއެސްއެމްގެ މައި ކުންފުނި، އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު "ސީއެންއެމް" އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، އެ ކުންފުނިން ތެޔޮ ވިއްކުމުގައި ކަނޑައެޅިފައިވާ އަގަށް ވުރެ ދަށް ރޭޓުތަކެއްގައި ބައެއް މީހުންނަށް ތެޔޮ ވިއްކާފައިވާ ކަމަށެވެ. އެގޮތުން އެކި މީހުންނަށް ތެޔޮ ވިއްކާފައިވަނީ އެކި ރޭޓުތަކުގައި ކަމަށް އަމްރު ވިދާޅުވި އެވެ.

"މާލޭގައި ވެސް އަދި ރަށްރަށުގައި ވެސް އެކި މީހުންނަށް ދެވިފައި މިހުރީ އެކި އަގު. މިސާލަކަށް އެއް ރަށެއްގަ ތެޔޮ ވިއްކާ ދެ މީހަކު ތެރެއިން އެކަކަށް ވަރަށް ދަށް ރޭޓެއް ދީފަ ހުރި އިރު އަނެކަކުގެ ވިޔަފާރިތާ އޭގެން ހާލަކުވެގެން ދާނީ،" އަމްރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފްއެސްއެމް އަށް ތެޔޮ ވިއްކަނީ އެސްޓީއޯ އިން ކަމަށް ވާއިރު، އެސްޓީއޯ އިން އެފްއެސްއެމް އަށް ތެޔޮ ވިއްކާ ރޭޓަށް ވުރެ ދަށް ރޭޓުތަކުގައި އެފްއެސްއެމް އިން ބައެއް މީހުންނަށް ތެޔޮ ވިއްކާފައިވާ ކަމަށެވެ.

އަމްރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިކަން ތަކުރާރު ނުވާނެ ގޮތަކަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން އުސޫލުތަކެއް ކަނޑައެޅި، އެ އުސޫލުތަކުގެ ތެރެއިން އަމަލު ކުރެވޭނެ ގޮތްތައް ވަރަށް އަވަހަށް ނިންމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެފްއެސްއެމުން އެއޮތީ އިއުލާނު ކޮށްފަ ކުންފުނި ރީސްޓްރަކްޗަރިން އަކަށް ދާވާހަކަ. އޭގެ ތެރޭގައި ކުންފުނީގެ އޮނިގަނޑާ، ކުންފުނީގެ ހަރަދުތައް ކުޑަކުރަންޖެހޭ ހުރިހާ ކަމެއް ހިމެނޭނެ،" އަމްރު ވިދާޅުވި އެވެ.

އޭގެ އިތުރުން ފާއިތުވި އަހަރުތަކުގައި އެފްއެސްއެމް އިން ބައެއް މީހުންނަށް ވަރަށް ބޮޑެތި އަދަދުތަކުން ކްރެޑިޓަށް ތެޔޮ ވިއްކާފައިވާ ކަމަށް އަމްރު ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން ބައެއް ފައިސާ ހުރީ ފަސޭހައިން ލިބޭ ގޮތަށް ނޫން ކަމަށާއި، ނަމަވެސް އެސްޓީއޯ އާއި އެ ކުންފުނީގެ ދަށުން ހިންގާ ކުންފުނިތަކަށް ލިބެންޖެހި، ނުލިބިވާ ފައިސާ ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އަމްރު ވިދާޅުވި އެވެ.

އެފްއެސްއެމް އަށް ފާއިތުވި ދެ އަހަރު ގެއްލުންވެ، މި އަހަރު ވެސް ގެއްލުމަކާ އެކު ނިންމާލި ނަމަވެސް އޭގެ އެއްވެސް ތަފާސްހިސާބެއް އަމްރު ހާމައެއް ނުކުރައްވަ އެވެ. އަދި އެ ކުންފުނިން ކްރެޑިޓަށް ވިއްކި ތެލުގެ ތަފްސީލުތަކަށް ވެސް އަމްރު ވަޑައެއް ނުގަންނަވަ އެވެ.
ހިޔާލު

ހުސޭނުބެ

ސިޔާސީ މީހުން ލާރިކާން ހަދާގޮތަކީ ދައުލަތުގެ އެއްކުންފުނިން ތެޔޮގަނެގެން ދައުލަތުގެ އަނެއް ކުންފުންޏަށް ތެޔޮވިއްކަނީ ބޮޑުއަގުގަ ކައިހުސް.