Kaiveneege Party Ah Dhauvathu Dhinee 25 Mehemaanunah Haradhah Enme 284 Dollar
image
ރިޒްވާން އާއި އޭނާގެ އަންހެނުން--
2 ކޮމެންޓް
 

ކައިވެނި ޕާޓީގެ ދައުވަތު 25 މީހުންނަށް، ހަރަދަށް އެންމެ 284 ޑޮލަރު

ބޮޑު ހަރަދެއްކޮށް ކައިވެނީގެ ޕާޓީ ބޭއްވުމަކީ މިހާރު ވަރަށް އާންމު ކަމެކެވެ. ބަޖެޓެއް ކަނޑައަޅާ ކައިވެނީގެ ހަރަދުތައް އެއަށް ފައްތަން މަސައްކަތް ކުރިނަމަވެސް ގިނަ ފަހަރަށް ބަޖެޓެއްގެ ގޮތުގައި ކަނޑައަޅާ ފައިސާއަށް ވުރެ ގިނަ ހަރަދު އެކަމަށް ކުރަން ޖެހެއެވެ. ކޮންމެއަކަސް ކައިވެނީގެ ދުވަހަކީ ހާއްސަ ދުވަހެއް ކަމުން އެ ހުރިހާ ހަރަދެއް ކުރުމަކީ މާ ބޮޑު ކަމަކަށް ނުވެއެވެ.
ޕާކިސްތާނަށް ނިސްބަތްވާ ރިޒްވާން ޕެހެލްވާން އާއި ޕަލްވަޝާ މިންހާސްގެ ކައިވެންޏަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ، އަގު ބޮޑު ކައިވެންޏެއް ކޮށްގެންނެއް ނޫނެވެ. ނުވަތަ ފިލްމީ ތަރިއަކު އެމީހުންގެ ކައިވެނީގައި ބައިވެރިވެގެންނެއް ވެސް ނޫނެވެ. އެކަމަކު، އެންމެ 20،000 ޕާކިސްތާނީ ރުޕީސް (284.44 ޑޮލަރު) އިން މުޅި ކައިވެނީގެ ހަރަދުތައް ހިފަހައްޓާލުމުންނެވެ. އެއީ ދިވެހި ފައިސާ އިން ބަލާނަމަ އެންމެ 4,397.64 ރުފިޔާއެވެ.

ރިޒްވާން، އޭނާގެ ކައިވެނީގެ ވާހަކަތައް ސޯޝަލް މީޑިއާއަށް ހިއްސާކުރުމާއި އެކު ގިނަ ބަޔަކު ވަނީ އެކަން ގަބޫލުކުރަން ދަތިވެފައެވެ. އެކަމަކު އެވާހަކަތަކަކީ ތެދެއް ކަން ހާމަކުރަން ފޮޓޯތައް ވެސް އޭނާ ހިއްސާކުރިއެވެ. އެއާއެކު ގިނަ ބަޔަކަށް އެކަންވީ ޝައުގުވެރި ވާހަކަތަކަކަށެވެ.

ރިޒްވާން އާއި އޭނާގެ އަންހެނުންނަކީ ވެސް ފޮޓޯގްރާފަރުންގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ދެ މީހުންނެވެ. އެމީހުންގެ "ޑްރީމް ވެޑިން" އަށް ދައުވަތު ދިނީ އެންމެ 25 މެހެމާނުނަށެވެ. އެގޮތުން މެހެމާނުންގެ ތެރޭގައި ހިމެނެނީ ގާތް ރަހުމަތްތެރިންނާއި އާއިލާގެ މެމްބަރުންނެވެ. ރިޒްވާން ބުނީ، ތިން ހަތަރު އަހަރުވަން ދެން ނުފެންނަ އާއިލާ މެމްބަރުންނަށް ކައިވެންޏަށް ދައުވަތު ނުދޭ ކަމަށެވެ.

- ކައިވެނީގެ ހަރަދުތައް ހިނގިގޮތް ރިޒްވާން ހިއްސާކުރުން

- ކައިވެނީގެ ހަރަދުތައް ހިނގިގޮތް ރިޒްވާން ހިއްސާކުރުން

ރިޒްވާން ދިރިއުޅޭ ގޭގެ ތެރަސްގައި ކައިވެނީގެ ޕާޓީ ބޭއްވިއިރު ޕާޓީ ޒީނަތްތެރި ކުރުމަށް ދިއްލާފައި ވަނީ ބޮކި ފައްޗެއް އެކަންޏެވެ. އޭނާ ބުނީ، ކައިވެނީގެ ހަފުލާގައި އޭނާ އާއި އޭނާގެ އަންހެނުން ލީ ހެދުމަކީ މަންމަ އާއި ދައްތަގެ ފަރާތުން ދިން ހަދިޔާއެއް ކަމަށެވެ.

"ފުރަތަމަ އެކަން ވީ ވަރަށް އުނދަގޫ ކަމަކަށް. އަހަރެންގެ ބައްޕަ ބޭނުންވީ 250 މީހުންނަށް ދައުވަތު ދޭން. އެކަމަކު އަހަރެން ބުނިން ފުރަތަމަ 50 މީހުންނަށް ދައުވަތު ދޭށޭ. އެގޮތް ބައްޕައަށް އެހާ ކަމަކު ނުދިޔަ ފުރަތަމަ. ބުނީ މީހުން ކީކޭހޭ ބުނަނާނީ، އާއިލާ މީހުން ކީކޭހޭ ބުނާނީ. އެމީހުން ވެސް އަހަރެމެންނަށް ދައުވަތު ދިނުން ހުންޓާލާނެއޭ." ބޭރުގެ ނޫހަކަށް ދިން އިންޓަވިއެއްގައި ރިޒްވާން ބުނެއެވެ.

"އެއީ އަހަރެމެންނަށް ހާއްސަ ދުވަހެއް. އެހެންވީމަ އަހަރެމެން ބޭނުންވީ އަހަރެމުންނާއި މެދު އަޅާލާ ބަޔަކަށް ކައިވެނީގެ ހަފުލާއަށް ދައުވަތު ދޭން."

ހަރަދު ކުޑަކޮށް ކުރި އެކައިވެނީގެ ވާހަކަތައް ހިއްސާކުރުމާއެކު ގިނަ ބަޔަކު ވަނީ އެމީހުންގެ ކައިވެނީގެ ވާހަކަތައް ވެސް ހިއްސާކޮށްފައެވެ. އަދި އެމީހުންނަށް މަރުހަބާ ވެސް ކިޔާފައެވެ.

ބައެއް ފަރާތްތަކުން ވަނީ ހަމަ އެފައިސާއިން އެމީހުންގެ އަނގޮއްޓި ގަނެވުނުތޯ ވެސް ސުވާލު ކޮށްފައެވެ. އެއާއެކު ރިޒްވާން ބުނީ، އޭނާގެ އަންހެނުން އަތުގައި އަޅާ އަނގޮއްޓި ގަތީ އަންހެނުން އަމިއްލަ އަށް ކަމަށެވެ. އަދި އޭނާގެ އަނގޮއްޓީގެ އަގަށް އެރީ އެންމެ ފަސް ޑޮލަރު ކަން ހާމަކުރި އެވެ.

ރިޒްވާން އިތުރަށް ބުނީ، އެއީ ބޮޑު އަދި ކުޑަ ޕާޓީއެއް ނަމަވެސް އެންމެ މުހިއްމު އެއް ކަމަކީ ކުރާ ކޮންމެ ކަމެއްގައި ވެސް އުފަލުން ތިބުން ކަމަށެވެ.
ޕާކިސްތާން ފޭޑި
ހިޔާލު

ޑެލް

މަގޭ ކައިވެންޏަށް މައަތުން އެންމެ ރުފިޔާ އެއްވެސް ނުދޭ

ކުރާމީހާ

މަގޭ ކައިވެނީގެ ޚަރަދަށް ދިޔައީ ލިލީ ސްޓޯރުންގަތް ނޫޑްލްސް ކޭހެއްގެ އަގު