Hoama dhuvahu BML bandhuvaane, hulhuveynee budha dhuvahu
image
ބީއެލްއެލް ހެޑް އޮފީސް: ހޯމަ އަދި އަންގާރަ ބަންދުވާނެ.-- ފައިލް ފޮޓޯ
0 ކޮމެންޓް
 

ހޯމަ ދުވަހު ބީއެމްއެލް ބަންދުވާނެ، ހުޅުވޭނީ ބުދަ ދުވަހު

މި އަހަރުގެ އެންމެ ފަހު ދުވަސް ކަމަށްވާ އަންނަ ހޯމަ ދުވަހު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ގައުމީ ބޭންކުން ވަނީ އެކަމަށް ކަސްޓަމަރުން ސަމާލުވުމަށް އެދިފަ އެވެ. ބީއެމްއެލުން ބުނީ، އާދިއްތަ ދުވަހު ބޭންކުގެ ހިދުމަތް ރަސްމީ ދުވަސްތަކޭ އެއްގޮތަށް ދިން ނަމަވެސް ހޯމަ އާއި އަންގާރަ ދުވަސް ބަންދު ވާނެ ކަމަށެވެ.

"ބަންދު ދުވަސްތަކުގައި ވެސް އަޅުގަނޑުމެންގެ ބޭންކިން ހިދުމަތްތައް، ސެލްފް ސާވިސް އޭޓީއެމްތައް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ،" ބީއެމްއެލުން ބުނެ އެވެ.

އާ އަހަރާ ދިމާކޮށް ބޭންކު ބަންދު ކުރާއިރު، ހޯމަ ދުވަހަށް ފަހު ބޭންކު ހުޅުވާނީ ބުދަ ދުވަހު އެވެ. ބީއެމްއެލުން ބުނީ ބަންދު ދުވަސްތަކުގައި ވެސް އެ ކުންދުނީގެ ކޮންޓެކްޓް ސެންޓަރު ހުޅުވިފައި ހުންނާނެ ކަމަށެވެ. އޭގެ އިތުރުން ބަންދު ދުވަސްތަކުގައި ފޭސްބުކާއި ޓްވިޓާ މެދުވެރިކޮށް ވެސް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ބީއެމްއެލްގެ އިތުރުން ވެސް ގިނަ ކުންފުނިތައް އާ އަހަރާ ދިމާކޮށް ބަންދުވާނެ އެވެ.
ހިޔާލު