Raajjeyge Emme Bodu Hardware Sonnee in Hulhuvaifi
image
ސޮނީން މިއަދު ހުޅުމާލޭގައި ހުޅުވި ފިހާރަ.-- ފޮޓޯ: ސޮނީ
0 ކޮމެންޓް
 

ރާއްޖޭގެ އެންމެ ބޮޑު ހާޑްވެއާ ސޮނީ އިން ހުޅުވައިފި

ރާއްޖޭގައި މިހާތަނަށް ހުޅުވުނު އެންމެ ބޮޑު ހާޑްވެއާ ފޮހާރަ، ސޮނީ ހާޑްވެއާ އިން މިއަދު ހުޅުމާލޭގައި ހުޅުވައިފި އެވެ.
ހުޅުމާލޭން ބުރިޖަށް އަރަން ދާ ބޮޑު މަގުގައި ހުޅުވި ފިހާރަ އަކީ ފަސް ބުރީގެ ބޮޑު ފިހާރަ އެކެވެ. ސޮނީން ބުނީ އެ ތަނުގައި ހާޑްވެއާ ސާމާނުގެ އިތުރުން، ބަދިގެ ސާމާނާއި ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ރާއްޖެ އަށް އަލަށް ތައާރަފް ކުރާ ބްރޭންޑެއް ކަމަށްވާ ހަޔާ ބްރޭންޑްގެ ހޯމް އެޕްލަޔަންސް ވިއްކާނެ ކަމަށެވެ.

ލައިޓިން އާއި މަސްވެރިކަމަށް ހާއްސަ ސާމާނު އަދި ސާފު ކުރުމަށް ބޭނުންކުރާ ސާމާނު އަދި ޕަވާ ޓޫލްސް ވެސް އެ ތަނުން ލިބެން ހުންނާނެ އެވެ. އަދި ކެޕަރޯލް ކުލަޔާ ދަވާދު، ތަށިމުށްޓާއި ސެނިޓަރީވެއާ ހިމެނޭ ގޮތަށް ޔޫރަޕްގެ އަދި އެމެރިކާގެ މަޝްހޫރު ބްރޭންޑް ތަކެއް އެއް ފުރާޅެއްގެ ދަށުން ބޭނުންވާނަމަ ސޮނީގެ އާ ފިހާރައިން ލިބެން ހުންނާނެ އެވެ.

ރާއްޖޭގެ ހާޑްވެއާ ވިޔަފާރީގެ އެންމެ ކުރީގައި އުޅޭ ކުންފުނީގެ ކުންފުނިން އަލަށް ހުޅުވި ފިހާރަ ހުޅުވިފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށް އަދި މެންދުރު ފަހު 14:00 އިން ރޭގަނޑު 21:00 އަށެވެ.

ސޮނީ ހާޑްވެއާ އަކީ 1970 ވަނަ އަހަރުން ފެށިގެން، ހާޑްވެއާ ކޮންސްޓްރަކްޝަން މެޓީރިއަލްސް އަދި ގެދޮރު ޒީނަތްތެރި ކުރުމަށް ބޭނުން ކުރާ ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަށް ވިއްކައި، ސާވިސް ދިނުމުގައި ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ކުންފުންޏެކެވެ.
ހިޔާލު