PSM ge DMD akah shameem
image
ހ ޕެޓީވިލާ މުހައްމަދު ޝަމީމް
0 ކޮމެންޓް
 

ޕީއެސްއެމްގެ ޑީއެމްޑީއަކަށް ޝަމީމް

ދައުލަތުގެ މީޑިއާ، ޕަބްލިކް ސާރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ހ ޕެޓީވިލާ މުހައްމަދު ޝަމީމް އައްޔަން ކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުންބުނީ ޕީއެސްއެމްގެ އެގްޒެކިއުޓިވް ބޯޑް މެމްބަރުކަމާއި ޑީއެމްޑީގެ މަޤާމަށް ޝަމީމް އައްޔަން ކުރެއްވީ މިއަދު ކަމުގައެވެ.
ޝަމީމްއަކީ ވިލާ ޓީވީ އުފެއްދުމުގައިވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރުގެ މަގާމު އަދާކުރެއްވި އަލީ ޚާލިދު މިމަހުގެ 25 ވަނަ ދުވަހުވަނީ އައްޔަން ކުރައްވާފައެވެ.

ހިޔާލު