Nadwi ge aaila ah raees solih thau'ziya vidhaalhuvejje
image
ނަދުވީ ރާއްޖޭގައި ހުންވާ އިންޑިއާ ސަފީރުގެ އަރިހުގައި: ފައިލް ފޮޓޯ
0 ކޮމެންޓް
 

ނަދުވީގެ އާއިލާއަށް ރައީސް ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެ

މިއަދު އަވަހާރަވި ދިވެހި ތާރީހަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ތާރީހީ ލިއުންތެރިޔާ މުހައްމަދު ވަހީދު ނަދުވީގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ނަދުވީއަކީ ރާއްޖޭގެ ތާރީހާއި އަދަބިއްޔާތައް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމުގައެވެ.
ރައީސް ވިދާޅުވީ ނަދުވީ އަވަހާރަވުމުގެ ހިތާމާގައި ވައިވެރިވެވަޑައިގަންނަވާކަމަށާއި އާއިލާއަށް ތަޢުޒިޔާ ވިދާޅުވާ ކަމުގައެވެ.

ނަދުވީ އަވަހާރަވީ މިއަދު އައިޖީއެމް ހޮސްޕިޓަލްގައެވެ. ނަދުވީގެ އާލާސްކަންފުޅު ބޮޑުވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ.

ދިވެހިބަހުގެ އެކަޑަމީގެ ތާރީޚާ ބެހޭ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައިވެސް ހުންނެވި ނަދުވީއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހި ތާރީހާއި ގުޅޭގޮތުން ގިނަ ދިރާސާތަކެއް ކުރައްވާ ތީރީހީ ގިނަ ލިއުންތަކެއް ލިއުއްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖެ އިސްލާމްވީ ގޮތާއިގުޅޭގޮތުން ނަދުވީވަނީ ފޮތެއްވެސް ލިއުއްވާފައެވެ.

ނަދުވީ އަވަހާރަވީއިރު އުމުރުފުޅަކީ 62 އަހަރުފުޅެވެ. ނަދުވީއަށް ދެ ބޭފުޅުން ލިބިވަޑައިގަންނަވާފައިވާއިރު އިސްލާމިކް ޔުނިވަރސިޓީގެ މިހާރުގެ ޗާންސެލަރ އަލާ ދީދީއަކީވެސް ނަދުވީގެ ބޭފުޅެކެވެ.
ހިޔާލު