Romantic Film Thakugai Shah Ulhey Gothah Ulheynama Samaaluvaan Suhana Ah Angaifi
image
ޝާހު އާއި އޭނާގެ ދަރިފުޅު ސުހާނާ--
0 ކޮމެންޓް
 

ރޮމާންޓިކް ފިލްމުގައި ސާހު އުޅޭ ގޮތަށް މީހަކު އުޅޭނަމަ ސަމާލުވާން ސުހާނާއަށް އަންގައިފި

ރޮމާންޓިކް ފިލްމުތަކުގައި ބޮލީވުޑުގެ މަޝްހޫރު ތަރި ޝާހުރުކް ހާން އުޅޭ ގޮތަށް އުޅޭ އެއްވެސް މީހަކާއި ގާތް ނުވުމަށް ދަރިފުޅު ސުހާނާ ހާނަށް އަންގާފައިވާނެ ކަމަށް އޭނާ ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝާހު ބުނީ، ކުޗް ކުޗް ހޯތާ ހޭގައި އޭނާގެ ރޯލު، ރާހުލުގެ ފަދަ މީހަކު އަސްލު ދިރިއުޅުމުގައި އޭނާގެ ދަރިފުޅު ސުހާނާއަށް ބައްދަލުވެއްޖެ ނަމަ އެމީހަކާއި ގާތް ނުވުމަށް ނަސޭހަތްތެރިވި ކަމަށެވެ. އެކަމަކު އެއީ ކީއްވެގެން ކަން ޝާހު ހިއްސާއެއް ނުކުރެއެވެ.

ޝާހު އިތުރަށް ބުނީ، އޭނާއަކީ އަސްލު ދިރިއުޅުމުގައި ފިލްމުތަކުން ފެންނަ ޝާހު ނޫން ކަމަށެވެ. އަދި ފިލްމުތަކުގައި މީހުންގެ ސަމާލުކަން ލިބޭނެ މައުސޫމު މީހެއްގެ ގޮތުގައި އޭނާ ފެނިގެންދަނީ އެއީ އެފަދަ ރޯލެއް ކަމުން ކަމަށެވެ.

އުމުރުން 18 އަހަރުގެ ސުހާނާ ވެސް ބޭނުން ވަނީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާށެވެ. އަދި އޭނާ ބޮލީވުޑަށް ތައާރަފުވާން އުޅޭކަމުގެ އަޑުތައް ފެތުރެމުން އަންނައިރު ބޮލީވުޑަށް ތައާރަފުވާނީ ކޮން އިރަކު ކަމެއް ނޭނގެއެވެ.

ބޮލީވުޑުގެ ކިންގުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ޝާހް ރުކް ހާން ވަނީ "ކަލް ހޯ ނަ ހޯ" އާއި "ކަބި އަލްވިދާ ނާ ކެހެނާ" އަދި " މައި ނޭމް އިޒް ހާން" ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތް ކޮށްފައެވެ. އޭނާ އެންމެ ފަހުން ފެނުނީ، މި މަހު ނެރުނު ފިލްމު "ޒީރޯ" އިންނެވެ.
ހިޔާލު