Raiyyithunge Media Akah PSM Hadhaanan: Raees Solih
image
ރައީސް އިބޫ، ރައްޔިތުންތަކަކާއި ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ރައްޔިތުންގެ މީޑިއާއަކަށް ޕީއެސްއެމް ހައްދަވާނަން: ރައީސް ސޯލިހު

ޕީއެސްއެމްއަކީ ރައްޔިތުންގެ މީޑިއާއަކަށް ހަދާނެ ކަމަށާއި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑަށް 56 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ، ޕީއެސްއެމްގެ ޗެނަލްތައް ހިންގަމުން އަންނަ ގޮތާއި މެދު ބައެއްގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އެކަމަކު، ސަރުކާރުގެ އަމާޒަކީ އެއްވެސް ނުފޫޒެއް ނެތި ދައުލަތުގެ މީޑިއާގެ ގޮތުގައި ކުރިއަރައިގެން ދިއުމަށް ފުރުސަތު ދެއްވުން ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ނޫސްވެރިން ލިޔާ ލިޔުމެއް ނުވަތަ ހާމަކުރާ މައުލޫމާތަކާއި ގުޅިގެން ނުހައްގުން އެއްވެސް ނޫސްވެރިއަކަށް އަދަބު ނުދޭނެ ކަމަށެވެ. އެކަމަކު ޒިންމާދާރުކަމާއެކު މައުލޫމާތު ފެތުރުމަށް އިލްތިމާސްކުރައްވާ ރައީސް ވިދާޅުވީ، ރައްޔިތުންނަށް ވާހަކަތައް ގެނެސްދޭއިރު ހަގީގަތާއި އެއްގޮތަށް މައުލޫމާތު ގެނެސްދެއްވަންވާނެ ކަމަށެވެ.

ދިވެހިރާއްޖޭގެ އަޑަށް 56 އަހަރު މިއަދު ފުރިގެންދިޔައިރު އެތަނަކީ އަގު ނުކުރެވޭނެ ހިދުމަތްތަކެއް ކޮށްދީފައިވާ ތަނެއް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދިވެހިރާއްޖޭގެ އަޑު ޒަމާނީ ފެންވަރަށް ގެނެސް އެ ހިދުމަތް ދިވެހި ހުރިހާ ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ހިޔާލު