Fiyaa Export Kuraa Meehunah Dhey Inaayai India in Dheguna Bodukuranee
image
ފިޔާ--
0 ކޮމެންޓް
 

ފިޔާ ބޭރުކުރުން މީހުންނަށް ދޭ އިނާޔަށް އިންޑިއާއިން ދެގުނައަށް ބޮޑުކުރަނީ

އިންޑިއާ ދަނޑުވެރިން ގައުމުން ބޭރުކުރާ ފިޔާއަށްދޭ އިނާޔަތް ދެ ގުނައަށް ބޮޑުކުރަން އިންޑިއާއިން ނިންމައިފިއެވެ.
އިއްޔެ އިންޑިއާ ސަރުކާރުން ފިޔާ އެކްސްޕޯޓު ކުރާ މިންވަރު އިތުރު ކުރުމަށް ދަނޑުވެރިންނަށް ބާރު އަޅަން ނިންމިއިރު އެ ގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ، އެ ބަދަލުގެ ސަބަބުން އެ ގައުމުގައި ފިޔާގެ އަގު ވެއްޓިފައި އޮތް އޮތުމަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށެވެ.

އެ ޕްރޮގްރާމުގެ ދަށުން ދަނޑުވެރިންނަށް އިންޑިއާ ސަރުކާރުގެ ޓެކްސް ކްރެޑިޓް ލައިނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއަހަރުގެ ޖުލައި މަހުގެ ކުރިން އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރާ މިންވަރު އިތުރުކުރަން ސަރުކާރުން ބާރު އަޅާފައެއް ނުވެއެވެ. އެކަމަކު ޖުލައި މަހުގެ ތެރޭގައި އެކްސްޕޯޓު ކުރާ ފިޔާއިން ފަސް އިންސައްތަ އިންސެންޓިވްސްއެއް އިންޑިއާ ސަރުކާރުން ދަނޑުވެރިންނަށް ވަނީ ދީފައެވެ. އަލަށް މި ގެނެވުނު ބަދަލާއެކު މި އަދަދު 10 އިންސައްތައަށް އަރާނެއެވެ.

ސަރުކާރުގެ ފަރާތުން ދަނޑުވެރިންނަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށް ބުނެ، ދަނޑުވެރިން ނުރުހުން ފާޅުކޮށްފައި ވަނިކޮށް ދަނޑުވެރިންނަށް އެފަދަ އެއްބާރުލުމެއް ސަރުކާރުން ދޭން ނިންމާފައި ވަނީ އާންމު އިންތިހާބެއް ބޯމަތިވެފައިވާތީ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
އިންޑިއާ
ހިޔާލު