2019 vana Aharu Nereyne Bollywood Film thah
image
2019 އަހަރު ނެރޭނެ ބޮލީވުޑް ފިލްމުތައް---
0 ކޮމެންޓް
 

2019 ވަނަ އަހަރު ނެރޭނެ ބޮލީވުޑް ފިލްމުތައް

މިދިޔަ އަހަރަކީ ބޮލީވުޑަށް ވަރަށް ކާމިޔާބު އަހަރެކެވެ. ގިނަ ރީތި ފިލްމުތައް މިދިޔަ އަހަރު ނެރެފައިވާއިރު މިއަހަރު ނެރޭނެ ފިލްމުތަކަށް ގިނަ ބަޔަކު މިހަރުން ސުރެ ތިބީ އިންތިޒާރުގައެވެ.
މިއަހަރު ނެރުމަށް ހަމަޖެހިފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި:

ސްޓޫޑެންޓް އޮފް ދަ އިޔާ 2
ޓައިގާ ޝްރޯފްއާއެކު ބޮލީވުޑަށް މުޅިން އާ މޫނުތަކެއް ކަމަށްވާ ތާރާ ސުތާރިއާ އާއި އަނަންޔާ ޕާންޑޭ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާއިރު އެފިލްމު ނެރުމަށް ހަމަޖެހިފައިވަނި އަންނަ އަހަރު މެއި މަހު 10 ގައެވެ. "ސްޓޫޑެންޓް އޮފް ދަ އިޔާ 2" އަކީ ކަރަން ޖޯހަރު ޑައިރެކްޓްކޮށް 2012 ވަނަ އަހަރު ނެރުނު ސްޓޫޑެންޓް އޮފް ދަ އިޔަރއަށް ގެ ދެވަނަ ބައެވެ.

ބާރަތު
އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް ނެރެން ހަމަޖެހިފައިވާ އެފިލްމުގައި ލީޑު ރޯލުން ފެނިގެންދަނީ ސަލްމާނު ހާނާއި ކެޓްރީނާ ކައިފެވެ. އަންނަ އަހަރު ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. ބާރަތަކީ 2014 ވަނަ އަހަރު ނެރެފައިވާ ދެކުނު ކޮރެއާގެ ފިލްމެއް ކަމަށްވާ "އޯޑް ޓު މައި ފާދާ' ގެ މައްޗަށް ހަދާ ފިލުމެކެވެ.

ހައުސްފުލް 4
ފަރުހާދު ސަމްޖުހީ ޑައިރެކްޓުކުރާ އެފިލްމުގައި އަކްޝޭ ކުމާރުގެ އިތުރުން ރިތޭޝޭ ދޭޝްމުކް އާއި ކްރިތީ ސެނޮން އާއި ސަންޖޭ ދަތާއި، ބޮބީ ޑިއޯލްއާއި، ޕޫޖާ ހިންޖް، ޗަންކީ ޕާންޑޭ، ރާނާ އަދި ޝަރަދް ކެލްކަރް ފެނިގެންދާނެ އެވެ. އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ބްރަހަމަޝްތުރަ
އާލިއާ ބަޓާއި ރަންބީރު ކަޕޫރު ލީޑު ރޯލުން ފެނިގެންދާ އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ލުއްކާ ޗުޕީ
ލަކްޝްމަން އުތޭކަރް ޑައިރެކްޓު ކުރާ އެފިލްމުގައި ލީޑު ރޯލުން ފެނިގެންދަނީ ކާތިކް އާރިޔަން އާއި ކްރިތީ ސަނޮނެވެ. ފިލްމުގެ ޝޫޓިން ނިންމާލާފައިވާއިރު އެފިލްމު ނެރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާރޗް މަހުގެ އެއް ވަނަ ދުވަހުއެވެ.

އޭގެ އިތުރުން މިއަހަރު ނެރޭ ފިލްމުތަކުގެ ތެރޭގައި ބަދްލާ، ޗީޓް އިންޑިއާ، މޭޑް އިން ޗައިނާ، މެންޓަލް ހޭ ކިޔާ، ކަލަންކް، މަނިކަރްނިކާ، ގަލީ ބޯއީ، ކޭސަރި އަދި ސުޕާ 30 ހިމެނެއެވެ.
ހިޔާލު