Remo Ge Kuriah Oiy Film Katrina Dhookohlanee
image
ރޭމޯ އާއި ވަރުން އަދި ކެޓްރީނާ--
0 ކޮމެންޓް
 

ރޭމޯގެ ފިލްމު ކެޓްރީނާ ދޫކޮށްލަނީ

ބޮލީވުޑުގެ މަޝްހޫރު ތަރި ކެޓްރީނާ ކައިފާއި ވަރުން ދާވަން ފުރަތަމަ ފަހަރަށް އެކުގައި މަސައްކަތް ކުރަން ނިންމާފައި ވަނީ އިންޑިއާގެ މަޝްހޫރު ކޮރެއޮގްރާފަރު އަދި ޑައިރެކްޓަރު ރޭމޯ ޑި ސޫޒާގެ ކުރިއަށް އޮތް ފިލްމުގައެވެ.
ވަރުންނާއެކު މަސައްކަތް ކުރަން ކެޓްރީނާ ހުރީ ކެތް މަދުވެފައެވެ. އެކަމަކު، އޭނާ މިހާރު އަންނަނީ ސަލްމާން ހާނު ލީޑު ބަތަލެއްގެ ގޮތުގައި ފެނިގެންދާ ފިލްމު "ބާރަތު" ގެ މަސައްކަތްތައް ވެސް ކުރަމުންނެވެ. ރޭމޯގެ ކުރިއަށް އޮތް ފިލްމުގައި މަސައްކަތް ކުރަން އެއްބަސްވި ނަމަވެސް ކެޓްރީނާ އެ ފިލްމު ދޫކޮށްލަފާނެ ކަމަށް ހަބަރުތައް އަންނަނީ ބުނަމުންނެވެ.

ފިލްމުގެ ޕްރޮޑަކްޝަން ހައުސާއި ގާތް ގުޅުމެއް އޮންނަ ފަރާތްތަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނާ ގޮތުގައި ބާރަތާއި ރޭމޯގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންތައް އޮތީ ގާތްގަނޑަކަށް އެއް ދުވަސްތަކެއް ގައެވެ. ކެޓްރީނާ މިހާރު ވަނީ ބާރަތު ފިލްމަށް ބޮޑު ބައެއް ޝޫޓުކޮށްފައެވެ.

އޭބީސީޑީ ފިލްމު އުފެއްދި ރޭމޯގެ ފިލްމުގެ ޝޫޓިންތައް ފަށަން އޮތީ އަންނަ ޖެނުއަރީގައެވެ. އަދި ޝޫޓިންތައް އެއްކޮށް ނިމޭނީ މާޗް ނުވަތަ އޭޕްރީލް ހިސާބުގައެވެ. އެހެންނަމަވެސް، އެކަމާއި ގުޅިގެން ރަސްމީ ސިފައެއްގައި ކެޓްރީނާ ވާހަކަ ދައްކާފައެއް ނުވެއެވެ.

ކެޓްރީނާ އެންމެ ފަހުން ފެނިފައި ވަނީ "ޒީރޯ" އިންނެވެ. ފިލްމު މި ޑިސެމްބަރު މަހުގެ ތެރޭގައި ނެރުނުއިރު ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

ހިޔާލު