Anand Sonam Ah Propose Kuree Oxford University Gai
image
ސޯނަމް ކަޕޫރާއި އަނަންދު--
0 ކޮމެންޓް
 

އަނަންދު ސޯނަމްއަށް ޕްރޮޕޯސް ކުރީ އޮކްސްފޯޑް ލައިބްރަރީގައި

މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާއި އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަނަންދު އަހޫޖާ ކައިވެނިކޮށްފައި ވަނީ މިއަހަރުގެ ކުރީކޮޅު އިންޑިއާގައެވެ.
ދެމީހުން ލޯބީގެ ގޮތުން ގުޅުނިއްސުރެ އިންސްޓަގްރާމު މެދުވެރިކޮށް އެމީހުން ވަނީ ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯތައް ހިއްސާކުރަން ފަށާފައެވެ. މާދަމާ އައު އަހަރަށް މަރުހަބާ ކިޔަން އެންމެ ތައްޔާރުވެފައި ވަނިކޮށް ސޯނަމް މިވަނީ މިއަހަރުގެ ކުރީކޮޅުގެ ހަނދާންތައް އާކޮށްފައެވެ.

އިންސްޓަގްރާމު ސްޓޯރީ މެދުވެރިކޮށް ސޯނަމް ވަނީ، އޮކްސްފޯޑު ޔުނިވާސިޓީގެ ބޭރުގައި އޭނާއަށް އަނަންދު ޕްރޮފޯސްކުރާ ފޮޓޯއެއް ހިއްސާކޮށްފައެވެ. އަދި ބުނީ، އޭނާއަށް ޕްރޮޕޯސް ކުރާ ގޮތުގެ ފޮޓޯއެއް އަލުން ނަގަން އަނަންދު ބޭނުންވީ ކަމަށެވެ. އެކަމަކު އެންމެ ފުރަތަމަ ޕްރޮޕޯސްކުރި، އޮކްސްފޯޑު ލައިބްރަރީގައި އަލުން ޕްރޮފޯސް ކުރުމުގެ ފުރުސަތު ނުލިބުނީ ކަމަށެވެ. އަދި ސޯނަމް ވަނީ އޭނާއަށް އެންމެ ކަމުދަނީ ލައިބްރަރީ ކަމަށް ވެސް ބުނެފައެވެ.

އުމުރުން 35 އަހަރުގެ އަނަންދާއި 33 އަހަރުގެ ސޯނަމްގެ ކައިވެންޏަށް މިހާރު އަހަރެއްވާން ގާތްވެފައިވާއިރު އެމީހުން އަދި ވެސް ހަނީމޫނަށް ނުދާ ކަމަށް ސޯނަމް ބުނެއެވެ.

ކައިވެންޏަށް ފަހު ސޯނަމް އޭނާގެ ފިރިމީހާއާއެކު ލަންޑަނުގައި ދިރިއުޅުމުން އައި ނަމަވެސް ލިބޭ ޗުއްޓީތަކަށް މައިންބަފައިންގެ ގާތަށް އިންޑިއާއަށް ގޮސް ހަދައެވެ.
ހިޔާލު