Remo ge Filmun Katrina ge badhalugai Fenigendhaanee Shraddha tha?
image
ކެޓްރީނާ އާއި ޝްރައްދާ---
0 ކޮމެންޓް
 

ރެމޯގެ ފިލްމުން ކެޓްރީނާގެ ބަދަލުގައިި ފެނިގެންދާނީ ޝްރައްދާ ތަ؟

ބޮލީވުޑްގެ ކުލަދާނަ ނެށުންތެރިޔާ ރެމޯ ޑި ސޫޒާ ގެ ކުރިއަށް އޮތް ފިލްމު "އެނީ ބޮޑީ ކޭން ޑާންސް 3" (އޭބީސީޑީ 3)ގައި ކެޓްރީނާ ކައިފުގެ ބަދަލުގައި ފެނިގެންދާނީ ޝްރައްދާ ކަޕޫރު ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
ވަރުން ދަވަން ލީޑު އެކްޓަރެއްގެ ގޮތުގައި އެފިލްމުގައި ފެނިގެންދާއިރު ކެޓްރީނާ ހުރީ ވަރުންނާއެކު މަސައްކަތް ކުރުމަށް ކެތްމަދުވެފައެވެ. ނަމަވެސް ކެޓްރީނާގެ ކުރިއަށް އޮތް ފިލްމު ބާރަތާއި ރޭމޯގެ ކުރިއަށް އޮތް ފިލްމުގެ ޝޫޓިންތައް އޮތީ އެއް ދުވަސްތަކެއްގައި ވުމުން ކެޓްރީނާ ވަނީ އެފިލްމު ދޫކޮށްލާފައެވެ.

ގިނަ ބަޔަކު އެރޯލުން ކެޓްރީނާގެ ބަދަލުގައި ފެނިގެންދާނީ ކޮންތަރިއެއްތޯ ސުވާލުކުރަމުން އަންނައިރު މިހާރު ރިޕޯޓުތައް ބުނާގޮތުގައި އެރޯލުން ފެނިގެންދާނީ އޭބީސީޑީ 2 ގައި ވެސް ލީޑު ރޯލުން ފެނިގެންދިޔަ ޝްރައްދާ ކަޕޫރެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ރަސްމީ އިއުލާނެއް ކޮށްފައެއް ނުވެއެވެ.

އެފިލްމުގައި ޕުރަބޫދެވާ، ރާގަވް، ޕުނިތް އަދި ދަރުމޭޝް ފެނިގެންދާނެއެވެ. އެހަތަރު މީހުން ވަނީ އޭބީސީޑީގެ ފުރަތަމަ ބައިން އަދި ދެވަނަ ބައިން ވެސް ފެނިފައެވެ. އޭބީސީޑީ 2 ގައި ވެސް ލީޑު އެކްޓަރެއްގެ ގޮތުގައި ފެނިގެންދިޔައީ ވަރުންނެވެ.

ޝްރައްދާ އެންމެ ފަހުން ފެނިގެން ދިޔައީ "ސްޓްރީ" އާއި "ބައްތީ ގުލް މީޓަރު ޗާލޫ" އިންނެވެ. އެ ދެ ފިލްމަށްފަހު އޭނާ ދެން ފެނިގެންދާނީ އިންޑިއާގެ މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވާލްގެ ހަޔާތުގެ މައްޗަށް ނެރޭ ފިލްމުންނާއި ނިތޭޝް ތިވާރީގެ ޑައިރެކްޓު ކުރާ ފިލްމު "ޗިޗޯރު" އިންނެވެ.
ހިޔާލު