Kureege Foreign Minister Asimge Bappaafulhu Avahaara Vejje
image
0 ކޮމެންޓް
 

ކުރީގެ ފޮރިން މިނިސްޓަރު އާސިމްގެ ބައްޕާފުޅު އަވަހާރަވެއްޖެ

ކުރީގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމްގެ ބައްޕާފުޅު ވައިޖެހޭ އިބްރާހިމް ރަޝީދު ރޭ އަވަހާރަވެއްޖެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށްފަހު ރަޝީދު އަވަހާރަވީ ރޭ 11 ޖެހިއިރު އައިޖީއެމްއެޗުގައި ފަރުވާހޯއްދަވަމުން ގެންދަވަނިކޮށެވެ. ރަޝީދު އަވަހާރަވިއިރު އުމުރުފުޅުން 79 އަހަރެވެ.

ރަޝީދަކީ ގިނަ އަހަރުތަކެއް ވަންދެން ދިވެހި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. އެގޮތުން މަޖީދިއްޔާ ސްކޫލްގެ ނާޒިރުގެ އެހީތެރިޔާގެ މަގާމާއި އެއާޕޯޓް އޮފީހުގެ ވެރިޔާގެ އެހީތެރިޔާގެ މަގާމާއި ހއ. އަތޮޅުވެރިޔާގެ މަގާމު ވެސް އެމަނިކުފާނު އަދާކުރައްވާފައިވެ އެވެ. އެންމެ ގިނަ ދުވަހު ވަޒީފާ އަދާކުރެއްވީ އެޓޯލްސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގަ އެވެ. 2006 ވަނަ އަހަރު ސަރުކާރުން ވަކިވެވަޑައިގެންނެވިއިރު، އެ މަނިކުފާނު ހުންނެވީ ހޯމް މިނިސްޓްރީގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގަ އެވެ.

ދައުލަތް ވަޒީފާ
ހިޔާލު