Karantuge Agu Lahehnuve Heyokuraane: Fenaka Saeed
image
0 ކޮމެންޓް
 

ކަރަންޓުގެ އަގު ލަހެއް ނުވެ ހެޔޮކުރާނެ: ފެނަކަ ސައީދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދާއި އެއްގޮތަށް އަތޮޅުތެރޭގެ ރަށްރަށަށް ފެނަކަ ކުންފުނިން ފޯރުކޮށްދެމުންދާ ކަރަންޓުގެ އަގުތައް ލަހެއް ނުވެ ހެޔޮވެގެންދާނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ސޯލިހްގެ ވައުދު ފުއްދުމަށްޓަކައި ކަރަންޓުގެ އަގުހެޔޮކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"ސަރުކާރުން ކަޑައަޅުއްވާނީ އަގެއް. އަޅުގަނޑުމެން މިހާރު އެކަމަށް މަސައްކަތް ކުރަމުންދާނީ. ސަރުކާރު ސިޔާސަތު ތެރެއިން ރައްޔިތުންނަށް ލުއި ގޮތަކަށް ކަރަންޓުގެ އަގު ހެޔޮވެގެން ދާނެ" ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރަށްރަށުގެ ފެނަކަ އިންޖީނުގެ ތެަކުގެ ހާކލަތު ދެނެގަނެ ބާ އިންޖީނުތައް ބަދަލު ކުރުމުިގެ މަދސައްކަތްވެސް ދަނީ ކުރެވެމުންނެވެ. ސައީދު ވިދާޅުވީ ދޭތެރެ ދޭތެރެއިން ރަށްރަށުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވަނީ އިންޖީޯނުގޭގެ މަސައްކަތްތައް ހަރުދަނާ ކުރެވިފައި ނެތުމާއި އިންޖީނުތައް އެކަށިގެންވާ ގޮތެއްގައި ނުބެލެހެއްޓޭތީ ކަމަށެވެ.

ސައީދު ވިދާޅުވީ ކުންފުނީގެ މާލީ ހާލަތު އޮތްގޮތުން ސަރުކާރުން އަވަސް ފިޔަވަޅު ތަކެއް ނާޅައިފިނަމަ ނާޒުކު ހާލަތަކަށް ކުންފުނި ހިގައިދާނެ ކަމަށެވެ.
ކަރަންޓް
ހިޔާލު