kuni vihkaigen aamdhanee hoadhaa india ge dhebein
image
ޖޮގިންދަރު، ކުނި ހޮވައިގެން ވިޔަފާރި ކުރަނީ އޭނާގެ ކޮއްކޮ ގޮވިންދާއި އެކު.-- ފޮޓޯ: މާންސީ ތަޕްލިއާލް
ޝާދިން މުހައްމަދު
0 ކޮމެންޓް
 

ކުނި ވިއްކައިގެން އާމްދަނީ ހޯދާ އިންޑިޔާ ދެބެއިން

އުމުރުން 34 އަހަރުގެ ގޮވިންދާއި އޭނާގެ ބޭބެ ޖޮގިންދަރު މީހުން އުކާލާ ކުނި ވިއްކައިގެން އާމްދަނީ ހޯދާތާ 10 އަހަރައް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މިދެބެއިންގެ މަސައްކަތައް ނަން ދެވިފަިއި ވަނީ "ސިވް ސްކްރެޕް ޑީލާސް" ގެ ނަމުންނެވެ.
ގޮވިންދާއި އޭނާގެ ބޭބެ ފުރަތަމަ ކުނި ހޮވާ، އެ ވިއްކަން ފެށި ދުވަސްތަކާއި އަޅާބަލާއިރު ކުނީގެ ބާވަތްތައް ވަނީ ވަރަށް ބޮޑައް ބަދަލުވެފައި ކަމަށް ޖޮގިންދަރު ބުންޏެވެ. އަދި ކުރިއާ އަޅާބަލާއިރު މިހާރު އެހެން އެއްޗެއްސަށް ވުރެ ޕްލާސްޓިކު ގިނަކަން އޭނާ ފާހަގަ ކުރި އެވެ.

މީގެ ކުރީގައި މިމަސައްކަތް ކޮއްގެން 50،000 ރުޕީސް (700 ޑޮލަރު) މަހެއްގެ މައްޗައް ލިބުނު ކަމާއި، ނަމަވެސް މިހާރު ލިބެނީ އެ އަދަދުގެ ދެބައިކުޅަ އެއްބައިކަން 48 އަހަރުގެ ޖޮގިންދަރު ބުންޏެވެ.

އެހެންމީހުން ބޭނުން ނެތިގެން އުކާލާ މުދަލަކީ އެތައް ހާސް ޑޮލަރެއްގެ އަގުބޮޑު "ހަޒާނާ" އެއް ކަމާށާއި، މިފަދަ ދިރިއުޅުމެއް ދެބައިންނަށް ލިބުމަކީ ބޮޑު ނަސީބެއް ކަމައް ޖޮގިންދަރު ފަހުރުވެރި ކަމާއިއެކު ބުނެއެވެ.

ކުނި ހޮވައި ނުވަތަ ކުނީގެ ވިޔަފާރި ކުރާ މީހުންނަކީ އިންޑިޔާ އަށް ވަރަށް މުހިންމު ބަޔަކައް ވަނީވެފަ އެވެ. އިންޑިޔާގެ ގިނަ ރަށްތަކާއި އަވަށްތަކުގައި ކުނި ނަގާ، ކުނި ނަައްތާލެވޭ ފަދަ ނިޒާމެއް ގާއިމު ކުރެވިފައި ނުވާކަމައް އިންޑިޔާގެ ކުނި ނައްތާލާ ކުންފުންޔެއް ކަމައަވާ "ވޭސްޓް ވެންޗާސް"ގެ ވެރިޔާ ބުނެ އެވެ.
ހިޔާލު