Industrial village gai alhaa Stelco ge engine geyge masakkaithah miaharu fashany
image
ސްޓެލްކޯގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީ.-- ފޮޓޯ: ސްޓެލްކޯ
މަރިޔަމް ރިފާ
0 ކޮމެންޓް
 

އިންޑަސްޓްރިއަލް ވިލެޖުގައި އަޅާ ސްޓެލްކޯގެ އިންޖީނުގޭގެ މަސައްކަތްތައް މިއަހަރު ފަށަނީ

އިންޑަސްޓްރިއަލް ވިލެޖުގައި އަޅާ ސްޓެލްކޯގެ އާ އިންޖީނުގޭގެ މަސައްކަތް މިއަހަރު ފަށާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ މިއަދު ވިދާޅުވެއްޖެ އެވެ.
އާ އަހަރާ ގުޅުވައިގެން ބޭއްވި ހާއްސަ އެސެމްބްލީގައި މުގުނީ ވިދާޅުވީ، ކުންފުނީގެ ހިދުމަތްތައް އޮތީ ވަރަށްް ބޮޑަށް ސެންޓްރަލައިޒް ކުރެވިފައި ކަމަށެވެ. އަދި އިންޑަސްޓްރިއަލް ވިލެޖުގައި އާ އިންޖީނުގޭއް ހަދަން ނިންމީ ޑީސެންޓްރަލައިޒް ކުރުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑަސްޓްރިއަލް ވިލެޖުގައި ހަދާ އާ އިންޖީނުގެ އާ ގުޅޭ ތަފްސީލް މައުލޫމާތުތައް ހާމަ ނުކުރި ނަމަވެސް، މުގުނީ ވިދާޅުވީ އެ ތަނުން ހިދުމަތް ދޭން ފަށާނީ 16-24 ވޯޓުގެ ޖަނަރޭޓަރެއް ބަހައްޓައިގެން ކަމަށެވެ.

އޭގެ އިތުރުން ރަށްރަށުގައި ހުންނަ ސްޓެލްކޯގެ އިންޖީނުގެތައް، ސްޓެލްކޯގެ މައި އޮފީހާ ގުޅުވާލައި، މައުލޫމާތު ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރާނެ ކަމަށް މުގުނީ ވިދާޅުވި އެވެ.

ސްމާޓް މީޓަރާއި ޕްރިޕެއިޑް މީޓަރު ބެހެއްޓުމަށް ވަރަށް ކުރިން ފެށިގެން މަސައްކަތް ކުރެވުނު ނަމަވެސް، މިހާތަނަށް އެކަން ނުކުރެވޭކަން މުގުނީ ފާހަގަ ކުރެއްވި އެވެ. އަދި މި އަހަރުގެ ތެރޭގައި އެ މީޓަރުތައް ހަރުކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށް ގިނަ ކަންތައްތަކެއް ކުރަން ރާވާފައި ވާކަމަށް މުގުނީ ވިދާޅުވި އެވެ. އެގޮތުން އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހަދައި، އަންނަ އަހަރު މުވައްޒަފުންނަށް ބޯނަސް ދިނުމަށް މަސައްކަތް ކުރާނެ ކަމަށް މުގުނީ ވިދާޅުވި އެވެ.
ހިޔާލު