Doctor Lafadhehvvee Adheeb 2 Mahah Geygai Bahanttan: Home Minister
image
ހޯމް މިނިސްޓަރު އިމްރާން
0 ކޮމެންޓް
 

ޑޮކްޓަރު ލަފާދެއްވީ އަދީބު ދެ މަހަށް ގޭގައި ބަހައްޓަން: ހޯމް މިނިސްޓަރު

ޑޮކްޓަރުން ލަފާދެއްވާފައި ވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ދެ މަހަށް ގޭގައި ބަހައްޓަން ކަމަށް ހޯމް މިނިސްޓަރު އިމްރާމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ އަދީބު ގޭގައި ބަހައްޓަން ޑޮކްޓަރުން ލަފާދެއްވީ 24 އޮކްޓޫބަރު 2018 އިން ފެށިގެން ދެ މަހަށް އަދީބް ގޭގައި ބެހެއްޓުމަށް ކަމަށެވެ. އަދި އެ މުއްދަތު 24 ޑިސެމްބަރު 2018 އަށް ހަމަވެފައިވާ ކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.


"ހަމަޖެހިފައިވާ އުސޫލުން ދައުލަތުން ފަރުވާގެ ކަންކަން ބަލަހައްޓާނެ. އެއްވެސް މީހެއްގެ އަސާސީ އިންސާނީ ހައްގު، ގާނޫނާއި ހިލާފަށް މި ސަރުކާރުން ނުހިފަހައްޓާނެ" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ ސެކިއުރިޓީގައި އަދީބް ރޭ ކަރެކްޝަނަލް ސާރވިސްގެ ވެހިކަލެއްގައި ޖަލަށް ގެންގޮސްފައިވާއިރު މިދިޔަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން އަދީބް ހުންނަވަނީ ގޭގައެވެ.

އަދީބް ގެއަށް ބަދަލުކޮށްފައިވަނީ ސިއްހީ ހާލުކޮޅު ދެރަވެ ކިޑްނީގެ އޮޕަރޭޝަނަކަށް ފަހު، ޑޮކްޓަރުންގެ ލަފާގެމަތިން ގޭގައި ބަހައްޓައިގެން ބޭސްފަރުވާ ދިނުމަށެވެ.

އަދީބް ރޭ ޖަލަށް ގެންދިޔައިރު އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ ޑޮކްޓަރުން ލަފާދީފައިވާ މުއްދަތު ހަމަވުމުން އަދީބު އަލުން ޖަލަށް ބަދަލުކުރެވޭނެ ކަމުގައެވެ.

ނަމަވެސް އަދީބު ޖަލަށް ގެންދިއުމާއި ގުޅިގެން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އަދީބް ޖަލަށް ގެންގޮސްފައިވަނީ ޑޮކްޓަރުން ލަފާދީފައިވާ މުއްދަތު ހަމަނުވަނީސް ކަމުގައެވެ.
ހިޔާލު