Kareena Laafai mihuri Hedhumge Agu Ingeytha?
image
ކަރީނާ އާއި ސައިފު.
2 ކޮމެންޓް
 

ކަރީނާ ލާފައި މިހުރި ހެދުމުގެ އަގު އެނގޭތަ؟

ބޮލީވުޑު މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ހާނު އޭނާގެ ފިރިމީހާ ސައިފު އަލީ ހާނު އަދި އެދެމީހުންގެ ދަރިފުޅު ތައިމުރު އަލީ ހާނު އަންނަނީ ސުވިޒަލޭންޑުގައި ޗުއްޓީ ހޭދަކުރަމުންނެވެ.
ސުވިޒަލޭންޑުގައި ޗުއްޓީ ހޭދަކުރަމުންދާ ގޮތުގެ ފޮޓޯތައް ކަރީނާ އިންސްޓާގުރާމު މެދުވެރިކޮށް ހިއްސާކުރަމުން އަންނައިރު އާ އަހަރު ފާހަގަ ކުރުމަށް އޭނާ ވަނީ ނޫކުލައިގައި ދިގު ހެދުމެއް ލާފައެވެ. ގިނަ ބަޔަކަށް ކަމުދިޔަ އެ ހެދުމަކީ މަޝްހޫރު ފެޝަން ބުރޭޑެއް ކަމަށްވާ އެލެކްސްއެންޑާ ޓެރެކޮވްގެ ހެދުމެކެވެ.
View this post on Instagram

@poonamdamania @nainas89 ❤❤❤

A post shared by Kareena Kapoor Khan (@therealkareenakapoor) onView this post on Instagram

#happynewyear 👪

A post shared by Kareena Kapoor Khan (@therealkareenakapoor) on


ރިޕޯޓުތައް ބުނާގޮތުގައި އެއީ ވަރަށް އަގު ބޮޑު ހެދުމެކެވެ. އެގޮތުން އޮންލައިންކޮށް އެހެދުން 10،470 ޕައުންޑު ވިއްކަން ހުރެއެވެ. އެއީ ނުވަ ލައްކަ ރުޕީސް އާ ގާތްގަނޑަކަށް އެއްވަރެވެ.ދެހާސް ބާރަ ވަނަ އަހަރު، ބޮލީވުޑުގެ ބަތަލު ސައިފު އަލީ ހާނާއި ކައިވެނިކޮށް ކަރީނާއަށް ދަރިއަކު ލިބުނީ 2016 ވަނަ އަހަރެވެ. ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ތައިމޫރަށް ދެ އަހަރު ފުރިފައިވާއިރު ދަރިފުޅުގެ އުފަން ދުވަސް ފާހަގަކުރުމަށް އެމީހުން ވަނީ ސައުތު އެފްރިކާއަށް ގޮސްފައެވެ.
ހިޔާލު

އިބުރާ

ހެދުން އަގުބޮޑަސް ކީއްކުރާނީ، އެހެދުމަކުން އައުރަ ނިވާނުވާހައި ހިނދަކު!

ޒޯރޯ

ކަރީނާ ކޮންމެ ހެދުމެއްލިޔަސް އަހަރުންނައް ކޮން ކަމެއް..ނޫހުގަ ލިޔާނެ ނުލިޔާނެ އެއްޗެއް ނޭންގިގެންތަ ތި އުޅެނީ.ތިއައްވުރެން ޒިންމާދާރު ވެބަލަ.ހެޔޮކަމެއް ލިޔެބަލަ އެއްފަހަރުވެސް.