Miaharu Mamma ah aa Ge eh Ganedhen Beynun: Parth
image
ޕާރްތު އޭނާގެ މަންމަ އާއެކު---
1 ކޮމެންޓް
 

އެންމެ ބޮޑު އަމާޒަކީ މަންމައަށް އާ ގެއެއް ގަނެދީ މަންމަ ހެއްވާލުން: ޕާރްތު

މިއަހަރު މަންމަ އަށް އާ ގެއެއް ގަނެދެން ބޭނުންވާ ކަމަށް ޓީވީ އެކްޓަރު ޕާރްތު ސަމްތާން ބުނެފިއެވެ.
އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ ކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ އަނޫރާގުގެ ރޯލުން ޕާރްތު ފެނިގެންދާއިރު އޭނާ ވަނީ އާ އަހަރު އޭނާ ކުރަން ބޭނުންވަނީ ކޮންކަމެއްކަން ހާމަކޮށްފައެވެ.

އެގޮތުން ޕާރްތު ބުނީ ކޮންމެ މަންމައަކާއި ބައްފައަކުވެސް އެ މީހެއްގެ ދަރިފުޅު އަމިއްލަ ފައި މައްޗަށް ތެދުވާތަން ދެކެން ބޭނުންވާނެކަމަށާއި އަދި އެެއީ ދެކޭނެ ހުވަފެނެއް ކަމަށެވެ. އަދި މިއަހަރު ބޭނުންވަނީ އޭނާގެ މަންމަ އަށް އާގެއެއް ގަނެދީ މަންމަގެ މޫނު މައްޗަށް ހިނިތުންވުމެއް ގެނައުން ކަމަށް ޕާރްތު ވަނީ ބުނެފައެވެ. އަދި ބޭނުންވަނީ ވީހާވެސް ގިނަ ވަގުތު އާއިލާއާއެކު ހޭދަކުރުން ކަމަށް ޕާރްތު ބުނެއެވެ.

ޕާރްތު ބުނިގޮތުގައި އޭނާއާ އާއިލާ މީހުންނާ ބައްދަލު ނުވާތާ މިހާރު މަހެއްވެފައިވާކަމަށެވެ. އަދި އާއިލާ އެންމެން ވެސް ތިބީ އޭނާ ގެއަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ކަސޯޓީގެ ދެވަނަ ބަޔަށް ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އެޝޯއިން ޕްރެނާގެ ރޯލުގައި މަސައްކަތް ކުރަމުން އަންނަނީ އެރިކާ ފެނާންޑެޒެވެ. އަދި ނެގަޓިވް ރޯލު ކަމަށްވާ ކޮމޮލިކާގެ ރޯލުން ފެނިގެންދަނީ ހީނާ ހާނެވެ.
ޕާރްތު ސަމްތާން
ހިޔާލު

މަގޭ ވާހަކަ

މަށަށް ކީއް