Surbi BMW car eh Ganefi
image
ސުރްބީ---
0 ކޮމެންޓް
 

ސުރްބީ ބީއެމްޑަބްލިއު ކާރެއް ގަނެފި

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ އިޝްގްބާޒް އިން ވިދާލި ތަރި އަނިކާ، އަސްލު ނަމުން ނަމަ ސުރްބީ ޗަންދްނާ ބީއެމްޑަބްލިއު ކާރެއް ގަނެފިއެވެ.
ސުރްވީ އެ ކާރު ގަނެފައިވަނީ އާއަހަރާ ދިމާކޮށެވެ. އިންސްތާގުރާމު މެދުވެރިކޮށް ސުރްބީ އެކާރުގެ ފޮޓޯއެއް ހިއްސާކޮށްފައިވާއިރު އޭނާ ބުނީ އެއީ އާއަހަރާ ދިމާކޮށް އޭނާ އަމިއްލައަށް ހަދިޔާ ކުރި ކާރެއް ކަމަށެވެ.

ސުރްބީ އެންމެ ފުރަތަމަ ފެނިފައިވަނީ ޒީ ޓީވީ އިން ދެއްކި ގަބޫލް ހޭ އިން ހަޔާގެ ރޯލުންނެވެ. އެރޯލުން އެނާއަށް ބޮޑު މަގުބޫލު ކަމެއް ލިބިގެން ދިޔައިރު އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ އިޝްކުބާޒިންނެވެ. ރިޕޯޓުތައް ބުނާގޮތުގައި އެޝޯ ސުރްބީ ދޫކޮށްލާފައިވަނީ އާ ޖެނެރޭޝަނާ ގުޅިގެން، އޭނާއަށް މަންމަގެ ރޯލުން ކުޅެން ޖެހޭތީއެވެ.
ހިޔާލު