Sarukaaru Kunfunithakuge Mauloomath Balahantan Haassa Nizameh
image
މަރިޔަމް ރިފާ
0 ކޮމެންޓް
 

ސަރުކާރު ކުންފުނިތަކުގެ މައުލޫމާތު ބަލަހައްޓަށް ހާއްސަ ނިޒާމެއް

ސަރުކާރު ކުންފުނިތަކުގެ މައުލޫމާތު ފަސޭހަ ކަމާއެކު ބެލެހެއްޓުމަށް ޕްރައިވެޓައިޒޭޝަން ބޯޑަށް ހާއްސަ ޑޭޓާ ބޭސް މެނޭޖްމަންޓު ސިސްޓަމެއް ގާއިމްކުރުމަށް ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ނޫސްބަޔާނުގައި ބުނެފައިވަނީ، ކުންފުނިތަކުގެ މަޢުލޫމާތުތައް ފަސޭހައިން ހޯދުމަށާއި ކުންފުނިތަކުގެ މަޢުލޫމާތު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ޕްރައިވެޓައިޒޭޝަން ބޯޑުގެ ޑޭޓާ ބޭސް މެނޭޖްމަންޓް ސިސްޓަމެއް މިއަހަރު ތެރޭ ގާއިމް ކުރާނެ ކަމަށެވެ.

ޕްރެވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑަކީ ސަރުކާރު ހިއްސާވާ ކުންފުނިތައް މޮނީޓާރ ކުރުމަށާއި އިވެލުއޭޓް ކުރުމަށް ސަރުކާރުން އުފައްދާފައިވާ ބޯޑެކެވެ.

ކުންފުނިތަކުގެ ރިކޯޑް ބެލެހެއްޓުމުގެ އަމަލީ މަސައްކަތްވެސް މިއަހަރުގެ ފަށާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވާ އިރު، ފިނޭންސް މިނިސްޓްރީން ބުނީ 1960 ވަނަ އަހަރުން ފެށިގެން އުފެދިފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރަމުންދާ މަސައްކަތާއި އޭރު ކުންފުނި އުފެއްދި މަގްސަދުތަކާއި ފުށުއެރުންތަކެއް އެބަހުރިކަމަށެވެ.

މީގެ އިތުރުން މި ނިޒާމްގެ ދަށުން ކުންފުނިތަކުގެ ރިކޯޑް ބެލެހެއްޓުމުގެ އަމަލީ މަސައްކަތްވެސް މިއަހަރުގެ ފަށާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

2019 ވަނަ އަހަރުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުތައް މުރާޖާކުރުމަށްފަހު، މިހާރުގެ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް އިސްލާހްކުރުމުގެ މަސައްކަތްކުރާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުންވެސް ފިނޭންސް މިނިސްޓްރީން މިއަހަރު ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަ ކުރުމަށްޓަކައި ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު މުރާޖާކޮށް، މުސާރަތައް އެއްހަމަ ކުރުން ހިމެނެއެވެ.
ހިޔާލު