Sarukaaru Kunfunithakuge Musaarathah Ehhama Kuranee
image
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު.-- ފޮޓޯ: މަޖިލިސް
1 ކޮމެންޓް
 

ސަރުކާރު ކުންފުނި ތަކުގެ މުސާރަތައް އެއްހަމަ ކުރަނީ

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަ ކުރުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީން ކުރަން ނިންމާފައިވާ ކަންކަން ހާމަކުރުމަށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރަތައް އެއްހަމަ ކުރުމަށް، މުސާރައިގެ އޮނިގަނޑު މުރާޖައާ ކުރަން ނިންމާފައިވާ ކަމަށެވެ.

މުސާރާގެ އޮނިގަނޑު މުރާޖައާ ކުރުމުގެ އިތުރުން، ސަރުކާރުގެ ބައެއް ކުންފުނިތައް އުފެއްދި މަގުސަދުތަކާ އެ ކުންފުނިތަކުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކާ ފުށޫއެރުންތަކެއް ހުރި ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ. އެހެންކަމުން ކުންފުނިތަކުގެ ހިންގާ ގަވާއިދާއި، އަސާސީ ގަވާއިދުތައް ވެސް މި އަހަރުގެ ތެރޭގައި މުރާޖައާ ކުރާނެ ކަމަށް ފިނޭންސުން ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، މިހާރުގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކުންފުނިތަކުގެ ހިންގާ ގަވާއިދާއި، އަސާސީ ގަވާއިދުތައް އިސްލާހު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެ އެވެ. އަދި ކުންފުނިތަކުގެ މަސައްކަތްތައް ބަލައި، ކުންފުނިތައް ގިންތި ކުރުމުގެ މަސައްކަތްތައް ވެސް މި އަހަރު ކުރިއަށް ގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެގޮތުން އޯއައިއީސީޑީ މިންގަނޑަށް ފެތޭ ކޯޕަރޭޓް ގަވާނަންސް ކޯޑެއް، ތައްޔާރު ކުރުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް މިފޭންސް މިނިސްޓްރީން ބުނެ އެވެ.
ހިޔާލު

އަލީމް

ތިޔައީ މޮޔަކަމެއް. އެހެންވިއްޔާ ކުންފުނިތަކުން ލިބޭ ފައިދާވެސް ޖެހޭނެ ހުރިހާ ކުންފުނިތަކަށް އެއްވަރަކަށް ބަހާލަން. ބަލަގަ ކުންފުނިތަކުން މަސައްކަތް ކުރާނީ އެކި ސްޕީޑްތަކުގައި އެކި ސްޓްރެޓެޖީއަށް ބޭސްކޮށް. ޓާގެޓްޓްކަށް ހާސިލްކުރަން ބޭނުންވާ ކަންކަންވެސް ތަފާތުވާނެ. ހަމައެކަނި މުވައްޒަފުންނަށް ބަލާގެން އުޅެގެން ކުންފުނި ވާނީ ފެއިލް. ރަށެއްގައި 300 މީހުންނަށް ސާވިސްދޭން ހުންނަ އިންޖީނުގޭގެ ޓެކްނީޝަނަކަށް ކިހިނެތްތޯ މާލޭގެ 130،000 މީހުންނަށް ކަރަންޓުދޭ އިންޖީނުގޭގެ ޓެކްނީޝަނަށްދޭ މުސާރަދޭނެ. ތަފާތުވާނެ ދެއްތޯ. އަނެއްކޮޅުން އެސްޓީއޯ މިފްކޯ އެމްޓީސީސީ މިހުންނަނީ ތަފާތު ކުންފުނި މުސާރަވެސް ތަފާތުވާނެ. ވާންޖެހޭނެ. އެއީ ކުންފުނީގެ ކުރިއެރުމަށް ބަލާފަ ކުރަންޖެހޭ ކަމެއް.