Nuhaqqu fiyavalhu alhafaiva faraaiythah shakuva husha'helhumuge muhdhathu ithuru koffi
image
ރައީސް ޞާލިޙް ބައްދަލުވުމެއްގައި: ފޮޓޯ ރައީސް އޮފީސް
0 ކޮމެންޓް
 

ނުހައްގު ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ނިމިދިޔަ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ނުޙައްޤުން ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންގެ ޝަކުވާތައް ހުށަހެޅުމަށް ކުރިން ހުޅުވައިލި މުއްދަތު، މި ޖަނަވަރީ މަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރައްވައިފިއެވެ.
މިގޮތުން، ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރައްވާފައިވަނީ މި މުއްދަތު އިތުރު ކޮށްދިނުމަށް ގިނަ ފަރާތްތަކަކުން އެދިވަޑައިގަންނަވަމުން ގެންދަވާތީކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވި އިޢުލާނުގައިވެއެވެ.

މީގެ ކުރިން މި ފުރުޞަތު ހުޅުވާލާފައިވަނީ 3 ޑިސެންބަރު 2018 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.

ޝަކުވާ ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ބޭއިންސާފުން ވަޒީފާ އިން ވަކުކުރުން ނުވަތަ ފިޔަވަޅު އެޅުމުގެ 451 މައްސަލައެއް ލިބި އެމައްސަލަތައް މިހާރު ބަލަން ފަށާފައިވާ ކަމަށް ރައީސް އޮފީހުންވަނީ ބުނެފައެވެ.
ހިޔާލު