Bandaara naibuge naibu usham isthiufa dhevaifi
image
ބަންޑާރަ ނައިބުގެ ނައިބު އުޝާމް އިސްތިއުފާ ދެއްވައިފި
1 ކޮމެންޓް
 

ބަންޑާރަ ނައިބުގެ ނައިބު އުޝާމް އިސްތިއުފާ ދެއްވައިފި

ބަނޑާރަ ނައިބުގެ ނައިބު ކަމުގެ މަގާމުން ވ ވަސްމީރުފިޔަ އަހުމަދު އުޝާމް އިސްތިއުފާ ދެއްވައިފިއެވެ.
އެމަގާމުން ބުރާސްފަތި ދުވަހު އުޝާމް އިސްތިއުފާ ދެއްވާފައި މިވަނީ ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް ބުދަ ދުވަހު ހަދީޖާ ޝަބީން އައްޔަންކުރައްވާފައި ވަނިކޮށެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވި އުޝާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ވެސް އެ މަގާމު އަދާކުރައްވައިފައެވެ.

ބަނޑާރަ ނައިބު އޮފީހުގެ ޑެޕިއުޓި ސޮލިސިޓަރ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ސްޓޭޓު މިނިސްޓަރުންގެ ފެންވަރުގައި ބަންޑާރަ ނައިބުގެ ނައިބަކަށް އުޝާމް އައްޔަން ކުރެއްވީ 15 އޯގަސްޓު 2013 ގައެވެ.

ހިޔާލު

އިހުސާން

މާލަސްވެއްޖެ ނޫންތޯ އިސްތިއުފާދޭން.