Japanu meehaku 3 million dollarah bodu kannehyeh ganefi
image
ޝާދިން މުހައްމަދު
5 ކޮމެންޓް
 

ޖަޕާނު މީހަކު 3 މިލިއަން ޑޮލަރަށް ބޮޑުކަންނެއްޔެއް ގަނެފި

ޓޯކިޔޯ މަސް މާރުކޭޓުގައި އާއަހަރާއި ގުޅުވައިގެން ބޭއްވި ނީލަމުގައި ރެކޯޑް އަދަދަކަށް މީހަކު ބޮޑުކަންނެއްޔެއް ގަނެފިއެވެ.
"ޓޫނާ ކިންގް" ގެ ނަމުން ނަން މަޝްހޫރު ޖަޕާނުގައި ސޫށީ ފިހާރައެއް ހިންގާ ކިޔޯށީ ކިމުރާ ގަތް ކަންނެލީގެ ބަރުދަނުގައި 278ކިލޯ ހުއްޓެވެ.

މީގެ ކުރިން ވެސް މި ރެކޯޑް އޮތީ މި މީހާގެ އަތުގައެވެ. މިގޮތުން އޭނާ ވަނީ 2013 ވަނަ އަހަރު 1.4 މިލިއަން ޑޮލަރަށް ކަންނެއްޔެއް ގަނެފައެވެ. ވޭތުވެދިޔަ 8 އަހަރުވެސް ޓޯކިޔޯ މަސް މާރުކޭޓުގައި އާއަހަރާ ގުޅުވައިގެން ބާއްވާ ނީލަމުގައި އެންމެ ބޮޑު އަގު ކިޔަނީ ކިޔޯށީއެވެ.

" އަހަރެންނަން މިގަނެވުނީ ރަނގަޅު މަހެއް، އެކަމަކު ހީކުރި ވަރަށްވުރެ އަގުބޮޑު،" ކިޔޯށީ ނީލަން ނިންމާލުމަށް ފަހު ބުންޏެވެ.

ޖަޕާނުގެ މި ނީލަމުގައި ވިއްކާލި މި މަހަކީ ދުނިޔެއިން ނެތި ފަނާވެ ދާނެ ކަމުގެ ބިރު ހީވެފައިވާ ބޮޑު ކަންނެލީގެ ބާވަތެއް ކަމަށްވާ ބުލޫ ފިން ޓޫނާ އެކެވެ.

ޖަޕާނަކީ ބޮޑު ކަންނެލި އެންމެ ގިނައިން ގަންނަ އެއް ގައުމެވެ. ޖަޕާނުގައި ބޮޑު ކައްނެލި ބޭނުން ކުރަނީ ސޫށީ ހެދުމަށެވެ.
ހިޔާލު

މޫސަ

މިއީ ކަނޑައެޅިގެން ކޮއްގެންވާނެ ކަމެއް ނޫން.

ޝޫސީ

އިޝްތިހާރު ވުމުން މީނާއަށް ލިބޭ ފައިދާ އެހޭދަކުރި ވަރަށްވުރެވެސް އިތުރަށް ލިބެނީތާ.

ޝޫސީ

އިޝްތިހާރު ވުމުން މީނާއަށް ލިބޭ ފައިދާ އެހޭދަކުރި ވަރަށްވުރެވެސް އިތުރަށް ލިބެނީތާ.

ނާސިދު

އަމިއްލަ އަތުގައި ރެކޯޑް އޮތީ އެނިމުނީނު

ބޭބެ

ފޮނިދައްކަން ހަދައިގެން ތިޔައޮތީ ބޮނޑިލިބިފައި. ދެން ކޮންމެހެން ހީކުރިވަރައް ުުުުުުރެން އަގުުުުުުބޮޑޭ ކިޔާނެކަމެއްނެތް.