Pewdiepie Ge Supportarunthakeh Google ge TV Thakeh Hack Kohfi
image
ޕިޔުޑީޕައި .-- ފޮޓޯ : ދަނެކްސްޓް ވެބް
ޝާދިން މުހައްމަދު
0 ކޮމެންޓް
 

ޕިއުޑީޕައިގެ ސަޕޯޓަރުންތަކެއް ގޫގްލްގެ ޓީވީ ތަކެއް ހެކުކޮށްލައިފި

2013ވަނަ އަހަރުން ފެށިގެން ޔޫޓިއުބުގައި އޭނާގެ ނަން ރަނުން ވިދާ ތަރިއެއް ކަމަށްވާ ޕިޔުޑީޕައިގެ ސަޕޯޓަރުންތަކެއް ގޫގުލްގެ " ކްރޯމް ކާސްޓް" ޓީވީ ތަކެއް ހެކުކޮށްލައިފިއެވެ. މި ހެކަރުން އިންޓަނެޓުގައި މަޝްހޫރު ވެފައަި ވަނީ ޕިޔުޑީޕައަިގެ "ސުޕާ ފޭންސް' ގެ ގޮތުގައިއެވެ.
މިއީ މިމީހުން މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ދެތިން މަސް ކުރިންވެސް ޕިޔުޑީޕައި އަށް ސަޕޯޓު ހޯދުމަށް މިމީހުން ވަނީ ޕްރިންޓަރު ތަކެއް ހެކުކޮށްފައިއެވެ.

ގޫގުލްއިން ބުނީ މިކަމަށް އެމީހުންގެ އެއްވެސް އެހީއެއް ދީފައި ނުވާނެ ކަމަށެވެ. އަދި ގޫގުލް އިން މިހާރު ވާނީ އެކަން ހުއްޓުވާނެ ގޮތެއް ހޯދާފައިކަމަށެވެ.

ހެކަރުން އެމީހުންނަކީ ކޮންބައެއްކަން ނޭންގޭ ގޮތަށް ދޫކޮއްފައިވާ މެސެޖެއްގައި ބުނިގޮތުގައި އެމީހުނަށް ގޫގުލް ގެ 100،000 ޓީވީ ހެކު ކުރެވެން އޮތް ކަމަށެވެ.

ޕިޔުޑީޕައި އަކީ ޔޫޓުޔުބުގައި މިހާތަނަށް އެންމެ ސަބްސްކްރައިބަރުން ގިނަ މީހާއެވެ. މިހާރު އޭނާގެ 79 މިލިޔަން ސަބްސްކްރައިބާސް ނުވަތަ ފޭންސް އެބަ ތިބިއެެވެ.

ނަމަވެސް ފަހަކަށް އައިސް ޕިޔުޑީޕަިއިގެ ފޭނުން ތިބެނީ ބޮޑު ބިރެއްގައެވެ. އެއީ އިންޑިޔާގެ މިޔުޒިކު އަދި ފިލްމު އުފައްދާ ކުންފުނި ކަމަށްވާ " ޓީ ސީރީސް" ގެ ސަބްސްކްރައިބަރުންގެ އަދަދު ދަނީ ވަރަށް ހަލުވި ކަމާއި އެކު އިތުރުވަމުންނެވެ. އަދި މިހާރު އެ އަދަދު ވަނީ ޕިޔުޑީޕަިއި ސަބްސްކްރައިބަރުންނާ ވަރަށް ގާތް ކޮށްފައެވެ.

ޕިޔުޑީޕައި އަކީ ޔޫޓުއިބުގެ އެންމެ ގިނައިން ސަބްސްކްރައިބުކޮއްފައިވާ ޗެނަލް ގޮތުގައި ދެމެހެއްޓުމައް އޭނާ އަށް ދަނީ ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބެމުންނެވެ. "ސުޕާ ފޭން" ހެކަރުންގެ އިތުރުން "މިސްޓާ ބީސްޓް" ފަދަ އެހެން ޔޫޓިއުބަރުން ވެސް ދަނީ އޭނާ އަށް ސަބްސްކްރައިބަރުން އިތުރު ކޮށްދިނުމަށް އެހީ ވަމުންނެވެ.
ހިޔާލު