Viyafaari Bandharu Thilafuttah Badhalukurumuge Mashvara Fashaifi
image
ކޮންޓެއިނާތައް އަންލޯޑްކުރާ ސަރަހައްދު:--ފޮޓޯ: އެމްޕީއެލް ޓްވިޓާ
މަރިޔަމް ރިފާ
1 ކޮމެންޓް
 

ވިޔަފާރި ބަދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްވަރާ ފަށައިފި

މާލޭގައި ހުރި ޖާގައިގެ ދަތިކަމާއެކު ވިޔަފާރިު ބަދަލަށް ދިމާވެފައިވާ މައްސަލަތައް ހައލު ކުރުމަށް، އެތަން ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރިއަށް ދާ ކަމަށް އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސާ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ ސީއީއޯ ޝާހިދު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ. ޝާހިދު ވިދާޅުވީ، ތިލަފުށްޓަށް ބަނދަރު ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާއި މަޝްވަރާތައް މިހާރު ކުރިއަށްދާކަމަށާއި، ތިލަފުށްޓަށް ބަނދަރު ބަދަލުކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެންކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރެއް ނުވަތަ ތިން އަހަރެއްހާ ދުވަހުގެތެރޭގައި ބަނދަރު ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހި މަސައްކަތް ފެށިގެންދާނެކަމަށެވެ.

އެމްޕީއެލް ބަނދަރު ތޮށްޖެހި، މުދާ ހުސްކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވާއިރު އެކަމުގެ ހައްލަކީ ބަނދަރުގެ ޖާގަ ބޮޑުކުރުންކަމަށްވީ ނަމަވެސް، ބަނދަރުގެ ޖާގަ ބޮޑުކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި އެކަމަށް އޮތް ހަމައެކަނި ހައްލަކީ ބަނދަރު އެހެން ތަނަކަށް ބަދަލުކުރުންކަމަށެވެ. މިހާތަނަށް ބެލިބެލުމުން ބަނދަރު ބަދަލުކުރުމަށް އެންމެ އެކަށީގެންވާ ތަނަކީ ތިލަފުށިކަންވެސް ޝާހިދު ވަނީ ފާހަގަކޮށްފައެވެ.

މާލޭ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަމާހުރެ މުދާ ބޭލުމާއި މުދާ ހުސްކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވުމުގެ ސަބަބުން ބާޒާރުގައި ވިއްކާ ތަކެތީގެ އަގަށް ބޮޑު އަސަރެއް ކުރާކަމަށް ވިޔަފާރިވެރިން ބުނެއެވެ. އަދި ތަކެތީގެ އަގު ހެޔޮކުރުމަށް މުދާ ބޭލުން އަވަސްކުރުމަކީ ކޮންމެހެން މުހިއްމުކަމެއްގެ ގޮތުގައި ވިޔަފާރިވެރިން ދެކެއެވެ. އެމްޕީއެލްގެ މެނޭޖްމަންޓަށް މި އައި ބަދަލާއެކު، ގިނަ ވިޔަފާރިވެރިންގެ އުންމީދުތައްވެސް ވަނީ ކުރިއާއި ހިލާފަށް ބަދަލުވެފައެވެ.
ޕީއެސްއެމް
ހިޔާލު

ޢައްދު

ހުޅުމާލެ މާ ރަގަޅު. ބްރިޖް އެޅީ މުދާލޮރީތަކަށްވެސް އޭތީގަ ދުއްވާފަ ދެވޭ ގޮތަށް ކަމަށް އަޅުގަޑު ހީކުރީ