Huawei in aa aharah maruhabaa kee iPhone akun
image
އެތައް ބަޔަކު އަންނަނީ ވާވޭ އަށް ފާޑުކިޔަމުން.-- ފޮޓޯ: ރިއުޓާސް
ޝާދިން މުހައްމަދު
0 ކޮމެންޓް
 

ވާވޭ އިން އާ އަހަރަށް މަރުހަބާކީ އައިފޯނަކުން

ވާވޭގެ ފަރާތުން އާ އަހަރުގެ ތަހުނިޔާ، އައިފޯނެއް މެދުވެރިކޮށް ޓްވީޓް ކުރި މައްސަލައެއް ފެންމަތިވުމުން އެތައް ބައެއްގެ ފާޑުކިޔުން އެ ކުންފުންޏަށް އަމާޒުވެއްޖެ އެވެ.
ވާވޭން އެ ޓްވީޓް ކުޑަ އިރުކޮޅެއްގެ ތެރޭގައި ޑިލީޓް ކޮށްލި އެވެ. ނަމަވެސް އޭރު އޮތީ އެތައް ބަޔަކަން އެ ޓްވީޓް ފެނި، ސޯޝަލް މީޑިއާގައި އެ ވާހަކަ އެތައް ހާސް ބަޔަކު ދައްކާފަ އެވެ.

އެގޮތުން އެޕަލް އާ އެންމެ ބޮޑަށް ވާދަކުރާ އެއް ކުންފުންޏަކަށް ވާވޭ ވާއިރު، އެ ކުންފުނީގެ ޓްވީޓެއް އައިފޯނަކުން ކުރިކަން ފަޅާއެރުމުން އެތައް ބައެއްގެ ފާޑުކިޔުންތައް އެ ކުންފުންޏަށް ވަނީ އަމާޒުވެފަ އެވެ.

އައިޕޯނަކުން ނުވަތަ އައިޕެޑަކުން ޓްވީޓް ކޮށްފި ނަމަ، އެ ޓްވީޓެއްގެ ތިރިޔަށް "ވިއާ ޓްވިޓާ ފޯ އައިފޯން" އަރާނެ އެވެ. އަދި އެންޑްރޮއިޑުން ކުރާ ޓްވީޓްތަކަށް ވެސް "ވިއާ ޓްވިޓާ ފޯ އެންޑްރޮއިޑް" އަރާނެ އެވެ.

ވާވޭ ފަދަ ޗައިނާގެ ކުންފުނި ތަކުން ދަނީ، ޗައިނާގެ މީހުން އެޕަލް ފަދަ އެމެރިކާގެ ކުންފުނި ތަކާ ދުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެހެންކަމުން ވާވޭގެ އެ ޓްވީޓުގެ ސަބަބުން އެ ކުންފުންޏަށް ވަރަށް ބޮޑަށް ގެއްލުން ގެއްލުން ވާނެ ކަމަށް މީޑިއާ ތަކުން ބުނެ އެވެ.

ދާދިފަހުން ސެމްސަންގްގެ ޕްރޮމޯޝަނަލް ޓްވީޓެއް ވެސް އައިފޯނަކުން ކުރި ކަން ފަޅާއެރުމުން އެ ކުންފުންޏަށް ވެސް ވަނީ އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
ހިޔާލު