Ilmuveringe Kanboduvunthakaa Gulhigen Mashvaraa Kuranee
image
ކަޅުވަކަރު މިސްކިތް.-- ފޮޓޯ: ސީއެންއެމް
2 ކޮމެންޓް
 
އިލްމުވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މަޝްވަރާ ކުރަނީ

ކަޅުވަކަރު މިސްކިތް އިސްލާމިކް މަރުކަރު ކައިރީގައި ބަހައްޓަން ނިންމުމުން، ބައެއް ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފައި ވާތީ އެކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަ ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޔުމްނާ ޓްވިޓާގައި ވިދާޅުވީ، ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާއިރު އެކަމާ ގުޅޭގޮތުން އިލްމީ ގޮތުން ހިޔާލުފާޅުކުރާތީ އުފާ ކުރައްވާ ކަމަށެވެ. އަދި ސަރުކާރުން ގެންދަނީ އިލްމުވެރީންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މިސްނައި، މަޝްވަރާ ކުރަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ ކަންކަމުގައި މިއަދު އިލްމީ ގޮތުން ހިޔާލު ފާޅުކޮށް ގައުމީ ފެންވަރުގައި މަޝްވަރާ ކުރެވޭތީ އަޅުގަނޑު އުފާ ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

ކުރިން ދިރާގު ހެޑް އޮފީސް ހުރި ބިމުގައި ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމުމުން، ބައެއް ދީނީ އިލްމުވެރިން ވަނީ އެ ތަނަކީ އިސްލާމީ މަރުކަޒުގެ "ދިރުމައްޗަށް" ވުމުން، ޖަމާއަތުގައި ނަމާދުކުރާ މިސްކިތެއްގެ ދޮރުމަތީގައި، އެހެން މިސްކިތެއް އެޅުން ކީރިތި ރަސޫލާ މަނާކުރައްވައިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޔުމްނާ ވިދާޅުވީ 200 އަހަރުގެ ދިގު ތާރީހެއް އޮތް ކަޅުވަކަރު މިސްކިތް، ކުޅޭ ތަނެއް ހެދުމަށް ނެގުމަކީ މައްސަލައެއް ކަމަށެވެ. އެ މިސްކިތް ހުރި ބިމުގައި މިހާރު ހުރީ، ރަސްރަނި ބަގީޗާގެ ވިންޓާ ޕާކެވެ.
ހިޔާލު

ލަކޫ

މާލޭގައި ނަމާދު ކުރެވޭ ވަރަށް މިސްކިތް އެބަހުރި ތިމިސްކިތް ތަނެއްގައި ބަހައްޓާނަމަ މިސްކިތެއް ނެއް ސަރަހައްދެއް ބަލާފަ ބެހެއްޓުން އެންމެ ރަގަޅުވާނީ އޭރުން ނަމާދުވެސް ކުރެވޭނެ ތިމިސްކިތް ބަހައްޓަން އަޅުގަޑަށް ފެންނަނީ ދަރުބާރުގޭ ބުރިޖާއިވީ ކޮޅުގައި ބެހެއްޓުން . އިސްލާމީ މަރުކަޒުކައިރި ޕާކިން ޒޯނަކަށް ބޭއްވުން ޕާކިން ޒޯނަކީވެސް ވަރަށަ މުހިންމު އެއްޗެއް !