Raees Maumoonge Thaeedhaeku Majileehah Kurimathilaan Hulhuvaalaifi
image
1 ކޮމެންޓް
 

އެމްއާރުއެމްގެ ތާއީދާއެކު މަޖިލީހަށް ކުރިމަތިލާން ބޭނުން ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ތާއީދާއެކު އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުން ފަރާތަތްކަށް ފުރުސަތު ހުޅުވާލައިފިއެވެ.
މައުމޫނު ރިފޯމް މޫމަންޓުން ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރައީސް މައުމޫނުގެ ތާއީދާއެކު 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މިމަހުގެ ދިހައެއްގެ ކުރިން 7965444 އަށް މެސޭޖްއަކުން އަންގާލަދިނުމަށެވެ.


ރައީސް މައުމޫނު އެމްއާރުއެމް ނަމުގައި ސިޔާސީ ހަރަކާތްތައް ފެއްޓެވީ ޕީޕީއެމް އެމަނިކުފާނުގެ އަތްޕުޅުން އަތުލައި، ޖަލަށް ލެވުނު ހިސާބުންނެވެ.

ޕީޕީއެމްގެ މައްސަލަ މިހާރު ކޯޓުގައި އޮތްއިރު، ރައީސް އަބްދުﷲ ޔާމީނަށްވެސް ޕީޕީއެމް ނުލިބިދާނެ ކަމުގެ ބިރުގައި މިހާރު ވަނީ އެހެން ޕާޓިއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައެވެ.
ހިޔާލު

ހަސީނުބެ

މީއެންމެރަގަޅުގޮތް. އަހަރެން ވަރައްތާއީދު. އހަރެންގެދުވާއަކީ މިފާތީޔައް ގިނަމީހުން ވަނުން ހިތުންރުހުމުން. ގައުމައްޓަކާ.