Saudi Anhenun Varikurikan Message akun Anganee
image
1 ކޮމެންޓް
 

ވަރިކުރިކަން އަންހެންނުންނަށް މެސެޖަކުން ސައުދީގައި އަންގަނީ

ސައުދީ އަރަބިއްޔާގައި އަންހެނުންނަށް ވަރިކުރިކަން އަންގަން ޖެހޭ ގޮތަށް އަލަށް އެކުލަވާލި ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު ވަރިކުރިކަން އަންހެނުންނަށް މެސެޖަކުން ފަށައިފިއެވެ.
ބީބީސީން ބުނާ ގޮތުގައި މިއަދުން ފެށިގެން ސައުދީ އަރަބިއްޔާގެ ކޯޓްތަކުން ވަރިކުރެވޭ އަންހެން މީހާއަށް ޓެކްސްޓް މެސެޖަކުން ވަރިކުރިކަން އަންގަން ޖެހެއެވެ. މީގެ ކުރީގައި ކޯޓްތަކުން އެކަން އެގޮތަށް ކުރާކަށް ނޯވެއެވެ. އެހެން ކަމުން ގިނަ އަންހެނުން ވަރިކުރިކަން ނޭނގި އެތައް ދުވަހެއް ހޭދަ ކުރަން ޖެހެއެވެ.

މި ނިންމުމާއެކު މިކަމަށް ތާއީދުކޖޮށް ވަކާލާތު ކުރި ފަރާތްތަކުން ބުނީ މިއާއެކު ސައުދީގައި ވަގަށް އަންހެނުން ވަރިކުރާ ކުރުން ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

މި ނިންމުމާއެކު ކޯޓްތަކަށް ސައުދީގެ އަންހެނުންގެ ކައިވެނީގެ ހާލަތު އަންހެން މީހާއަށް އެންގުމަށް މަޖުބޫރުވެއެވެ. އަދި ވަރިކޮށްފިނަމަ އިއްދައިގެ ހަރަދު ނަގައިދިނުމުގެ ހައްގުވެސް ގެއްލިގެން ނުގޮސް ސަލާމަތް ކުރެވޭނެއެވެ.

ސައުދީގައި މިހާރުވެސް ވަގަށް ވަރުިކޮށް، އެކަން އަންހެނުންނަށް ނާނގާ އޮތް ގިނަ މައްސަލަތަކެއް ވަނީ ކޯޓަށް ހުށަހަޅާފައެވެ.

މި ނިންމުމަކީ ސައުދީގެ ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާންގެ އިސްނެންގެވުމަށް އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ދުޅާހެޔޮ މުޖުތަމައެއް ބިނާ ކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

ސައުދީގައި އަންހެނުން ކާރު ދުއްވުމަށްވެސް ހުއްދަދެވުނީ ވަރަށް ފަހުންނެވެ. އަދިވެސް އަންހެނުން ވަކި ކަހަލަ މަސައްކަތްތައް ކުރުން ވަނީ މަނާކުރެވިފައެވެ. މީގެ އިތުރަށް އަމިއްލަ ބޭންކް އެކައުންޓު ހުޅުވުމާއި ޕާސްޕޯޓަށް އެދުމާއި، އެކަނި ގައުމުން ބޭރަށް ދަތުރުކުރުމަކީވެސް މަނާކުރެވިފައިވާ ކަންތައްތަކެވެ.
ހިޔާލު

މޯޑު

މިއީ އަހަރެމެން ކޮޕީކުރަން މިއުޅޭ ގައުމުގެ ހާލަތު. އަހަރެމެންނަށްވުރެ ޖާހިލު ބަޔެއް.