Endheh Nethumun Sonam aai Anand Thalhugandu Mathy Nidhaifi
image
ސޯނަމް އާއި އަނަންދު---
0 ކޮމެންޓް
 

އެނދެއް ނެތުމުން ސޯނަމް އާއި އަނަންދު ތަޅުންގަނޑު މަތީ ނިދައިފި

ބޮލީވުޑު މަޝްހޫރު އެކްޓަރެސް ސޯނަމް ކަޕޫރާއި އޭނާގެ ފިރިމީހާ އަނަންދު އަހޫޖާ އެނދެއް ނެތުމުން ތަޅުންގަނޑު މަތީ ނިދައިފިއެވެ.
ސޯނަމް އާއި އަނަންދު ވަނީ ދާދި ފަހުން ލަންޑަނުގައި އެމީހުން ގަނެފައިވާ ގެއަށް ބަދަލުވެފައެވެ. އާއަހަރާ ދިމާކޮށް އެމީހުން އެގެއަށް ބަދުލުވެފައިވާއިރު ދާދި ފަހުން ސޯނަމް ހިއްސާކުރި ފޮޓޯއެއްގައި ދެމީހުން ނިދަން ތިބީ އެގޭގެ ތަޅުން ގަނޑު މަތީގައެވެ.

ސޯނަމް އިންސްޓާގުރާމު ސްޓޯރީއަށް އެފޮޓޯ ލާފައިވާއިރު އެމީހުން ތަޅުންގަނޑު މަތީ ނިދީ އެނދު އަދި ނުގެންނާތީ ކަމަށް ސޯނަމް ވަނީ ބުނެފައެވެ.

ސޯނަމް އާއި އަނަންދު ކައިވެނި ކޮށްފައި ވަނީ މިދިޔަ އަހަރު މެއި މަހުގެ އަށް ވަނަ ދުވަހެވެ. ދެ އަހަރު ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު، އަނަންދު އާއި ސޯނަމް ކައިވެނި ކޮށްފައި ވަނީ މުމްބާއީގަ އެވެ.

އެކައިވެނި ކުލަ ގަދަކޮށް ފާހަގަ ކޮށްފައި ވާއިރު، އެ ހަފްލާ ގައި ބައިވެރި ވެފައި ވަނީ ދެފަރާތުގެ އާއިލާ މެންބަރުންނާއި ގާތް ރަހުމަތްތެރިންނެވެ. އަދި އެމީހުން ވަނީ ބޮލީވުޑު ފަންނާނުން ނަށް ހާއްސަ ޕާޓީއެއް ބާއްވާފަ އެވެ.
ހިޔާލު