Siyaasi beynumah bandhukoh fiyavalhuelhi meehun shakuva husha'helhumuge muhdhathu ituru koffi
image
ކުރީގެ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
0 ކޮމެންޓް
 

ބަންދުކުރެވި ފިޔަވަޅުއެޅި މީހުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ފެބުރުވަރީ 2012 ގެ ފަހުން، ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށްޓަކައި ބަންދުކޮށް، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އަޅައިފައިވާ ފަރާތްތަކާއި، އެކިއެކި ޙުކުމްތައްކޮށް، އެޙުކުމްތައް ތަންފީޛުކުރަމުންދާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
ރައީސް އޮފީހުންބުނީ އެ ފަދަ ފަރާތްތަކުން ކުރިން ހުޅުވައިލި މުއްދަތު، މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރައްވާފައިވާ ކަމުގައެވެ. މި ފުރުޞަތު ކުރިން ހުޅުއްވައިލައްވައިފައި ވަނީ 6 ޑިސެންބަރު 2018 އިން ފެށިގެން 30 ދުވަހުގެ މުއްދަތަށެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރައްވާފައިވަނީ މި މުއްދަތު އިތުރު ކޮށްދިނުމަށް ގިނަ ފަރާތްތަކަކުން އެދިވަޑައިގަންނަވަމުން ގެންދަވާތީކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވި އިޢުލާނުގައިވެއެވެ.

ސިޔާސީ ހައްޔަރީންގެ މައްސަލަތައް ބަލައި، ނުޙައްޤުން ބަންދުކޮށްފައިވާ ފަރާތްތައް މިނިވަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެގޮތުން، އެކަމަށް ޚާއްޞަ ކޮމިޓީއެއް އުފައްދަވައި، އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ވަނީ އެ މަސައްކަތްޕުޅު ފަށްޓަވައިފައެވެ.
ހިޔާލު