5G Internetah Thahyaarutha ?
image
5ޖީ އިންޓަނެޓާ އެކު އެތައް ކަމަކަށް ކުރިއެރުން އަންނާނެ.-- ފޮޓޯ: ޝަޓާސްޓޮކް
ޝާދިން މުހައްމަދު
0 ކޮމެންޓް
 

5ޖީ އިންޓަނެޓަށް ތައްޔާރުތަ؟

ސެލިޔުލާ ނެޓްވޯކުތަކުގެ ފަސް ވަނަ ޖެނެރޭޝަން ނުވަތަ 5ޖީ އިންޓަނެޓް މިއަހަރު ތެރޭގައި ބެނުން ކުރަން ފަށަން ވަނީ ހަމަ ޖެހިފައެވެ.
ދުނިޔޭގެ ގިނަ ބަޔަކަށް 5ޖި އަކީ ކިހާވަރެއްގެ އެއްޗެއްކަން އަދި ނެންގެ އެވެ. 5ޖީ އިންޓަނެޓު އަދި ބޭނުން ކުރެވެނީ ވަރަށް މަދު ބަޔަކަށެވެ. ނަމަވެސް ވަރަށް އަހަވަށް ދުނިޔޭގެ ގިނަ ކެރިޔާ ނެޓްވޯކުތަކުން މި ހިދުމަތް އާންމުންނަށް ބެނުން ކުރެވޭނެ ގޮތް ހަދައިދޭނެ އެވެ.

5ޖީ ތާރަފް ވުމާއިއެކު އަވަސްވާނީ ފޯނުތަކުގެ އިންޓަނެޓު ސްޕީޑު އެކަންޏެއް ނޫނެވެ. ފޯނުތަކުގެ އިތުރުން ރޮބަޓު ތަކާއި، ސެކިޔުރިޓީ ކެމެރާތަކާއި، ޓްރެފިކު ލައިޓު ތަކުގެ ހިދުމަތް ވެސް އެތައް ތަނަކުން ކުރިއަރައިގެން ދާނެ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި 5ޖީ އަކީ 4ޖީ އެލްޓީއީގެ ވައްތަރެކެވެ. ނަމަވެސް 4ޖީ އެލްޓީއީ އަށް ވުރެ އެތައް ގުނައެއް 5ޖީ އަވަސް ވާނެ ކަމަށާއި ޑާޓާ ޓްރެފިކް ކޮންޓްރޯލް ކުރުމަށް 5ޖީ މާ ރަނގަޅުވާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު ދިރާގާއި އުރީދޫއިން ވަނީ ރާއްޖޭގައި 5ޖީ އިންޓަނެޓުގެ ޑެމޯއެއް ދަށްކާލާފަ އެވެ.
ހިޔާލު