Maldive Gas ge aa MD akah Shazail
image
ރައީސް މައުމޫނާއި އެކު ޝަޒައިލް ނަގާފައިވާ ފޮޓޯއެއް:-- ފޮޓޯ: ފޭސްބުކް
މަރިޔަމް ރިފާ
0 ކޮމެންޓް
 

މޯލްޑިވް ގޭހުގެ އާ އެމްޑީއަކަށް ޝަޒައިލް

މޯލްޑިވް ގޭހުގެ މެނޭޖިންގް ޑިރެކްޓަރުކަމަށް ޝަޒައިލް ޝިޔާމް އައްޔަނުކޮށްފިއެވެ.
ޝަޒައިލް އެ މަގާމަށް އައްޔަނުކޮށްފައިވަނީ އިއްޔެ އެވެ. އަދި މިއަދުން ފެށިގެން އޭނާ ވަޒީފާއަށް ނުކުންނަން ފައްޓަވާނެ އެވެ. ޝަޒައިލްއަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ކުރީގެ ރައީސް މައުމޫނުގެ ސްލޮޓެއްގައި ކުންފުންޏެއްގެ މެނޭޖިންގް ޑިރެކްޓަރަކަށް އައްޔަނުކުރެއްވި ފުރަތަމަ ބޭފުޅާއެވެ.

ޓެކްނޮލޮޖީ މެނޭޖްމެންޓްގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލުކުރައްވާފައިވާ ޝަޒައިލް މީގެ ކުރިން ވަނީ، ސަރުކާރަށް 12 ވަރަކަށް އަހަރު ހިދުމަތްކޮށްދީފައެވެ. އެގޮތުން ޝަޒައިލް ވަނީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މާގާމް އަދި ކޫއްޑޫ ފިޝަރީޒް ކުންފުނީގެ ޗެއާމަންކަންވެސް ކުރައްވާފައި އެވެ.

ޝަޒައިލް އަދާކުރެއްވި ސިޔާސީ މަގާމުތަކުގެ ތެރޭގައި، ރައީސް ޔާމީނުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ހިމެނެއެވެ.

ކުރީގެ ރައީސް ޔާމީން ސަރުކާރުން، ޝަޒައިލް ވަޒީފާއިން ވަކި ކުރެއްވީ ޕީޕީއެމްގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ރައީސް މައުމޫނުގެ ފެކްޝަނާ ގުޅިވަޑައިގަތުމުނެވެ.

މަގާމުން ވަކި ކުރެއްވި ފަހުން އޭނާ މަސައްކަތް ކުރެއްވީ ރައީސް މައުމޫނުގެ އަރިހުގައި، އެމަނިކުފާނުގެ ސިޔާސީ މަސައްކަތުގައެވެ. އަދި ރިޔާސީ އިންތިހާބުގައި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކެމްޕޭން ކުރެއްވިއެވެ.

މޯލްޑިވް ގޭސްގެ މެނޭޖިންގް ޑިރެކްޓަރަކަށް އެންމެ ފަހުން ހުންނެވީ އަބްދުﷲ މައުމޫނެވެ.

މޯލްޑިވް ގޭސްއަކީ އެސްޓީއޯއާއި ޗަމްޕާ އޮއިލް އެންޑް ގޭސް ކުންފުނީގެ ހިއްސާއާއެކު އުފައްދާފައިވާ ޖޮއިންޓް ވެންޗާއެކެވެ.
ހިޔާލު