Male' gai bayaku bulhalah aniyaakoh, maraa mahsaeh fenmathivehje
image
ސެންޓްރަލް ހޮޓާ ކައިރީގައި މަރާލާފައި އޮތް ބުޅަލެއް.-- ފޮޓޯ: ފޭސްބުކް/ކެޓަހޯލިކްސް
1 ކޮމެންޓް
 

މާލޭގައި ބަޔަކު ބުޅަލަށް އަނިޔާކޮށް، މަރާ މައްސަލައެއް ފެންމަތިވެއްޖެ

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ތަފާތު އަނިޔާތައް ކޮށް، މަރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ޖަނަވާރުންގެ ހައްގަށް މަސައްކަތްކުރާ މީހަކު ބުނީ ދޭތެރެއަކުން ބުޅާ ފަދަ ޖަނަވާރުތަކަށް އަނިޔާކުރާ މައްސަލަތައް ރާއްޖޭގައި ފެންމަތިވާ ކަމަށެވެ. އަދި މިހާރު ފެންމަތިވެގެން އުޅެނީ މައްޗަންގޮޅި ޗަމްޕާ ސެންޓްރަލް ހޮޓެލް ހިސާބުގައި، ބަޔަކު ބުޅާ މަރާ މައްސަލައެއް ކަމަށް އޭނާ ބުންޏެވެ.

އެ ކަމާ ގުޅިގެން އެތައް ބަޔަކު ސޯޝަލް މީޑިއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މީހުން ބުނާގޮތުގައި ސެންޓްރަލް ހޮޓެލް ސަރަހައްދުގައި އަނިޔާވެރިކޮށް މަރާލާފައި އޮތް ހަތަރު ވަރަކަށް ބުޅާ މިހާތަނަށް ވަނީ ފެނިފަ އެވެ.

ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ވާހަކަދައްކާ މީހުން ބުނާގޮތުގައި، އެ ބުޅާތައް މަރާފައި ހުރީ ބޮލުގައި އެއްޗަކުން ތަޅައިގެންނެވެ. އަދި އެކަން ކުރަނީ ގުރޫޕަކުން ކަމަށް އެ މީހުން ބުނެ އެވެ.

މި މައްސަލަ އަށް ހައްލެއް ހޯދުމަށް ހިއުމަން ސޮސައިޓީ އޮފް މޯލްޑިވްސް އިން މާލޭ ސިޓީ ކައުންސިލާ މިދިޔަ ހޮނިހިރު ދުވަހު ބައްދަލުކޮށް، އެކަމަށް ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފަ އެވެ.

ޖަނަވާރުންނަށް އަނިޔާ ކުރުމަކީ ގާނޫނީ ކުށެެކެވެ. ގާނޫނުލް އުގޫބާތުގައި ޖަނަވާރުންނަށް އަނިޔާކުރުމުގެ، ކުށުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށްލެވިދާނެ ކަމަށް ބުނެފައި ވެއެވެ.
ހިޔާލު

ބޮޑުތަކުރުފާނު

މުޅިގެޔަށްގުއިރެނީ