Sheikh Imraan aai Anwar Ibrahim bahdhalu kurahvaifi
image
ޝެއިހް އިމްރާން، އަންވަރު އިބްރާހިމް އާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: އަދާލަތު ޕާޓީ
0 ކޮމެންޓް
 

ޝެއިހް އިމްރާން އަންވަރު އިިބްރާހިމް އާ ބައްދަލު ކުރައްވައިފި

މެލޭޝިޔާގެ ވެރިކަންކުރާ ކޯލިޝަނުގެ ލީޑަރު އަންވަރު އިބްރާހީމާ، ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިއަދު ބައްދަލު ކުރައްވައިފި އެވެ.
އަދާލަތު ޕާޓީން ބުނީ، ނުރަސްމީ ދަތުރެއްގައި މެލޭޝިޔާ އަށް ވަޑައިގެން ހުންނެވި އިމްރާން، އަންވަރު އިބްރާހީމް އާ ބައްދަލު ކުރެއްވީ މިއަދު އެ މަނިކުފާނުގެ ގެކޮޅުގައި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި، އިސްލާމިކް ރިފޯމް ހަރަކާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް އަދާލަތުން ބުނެ އެވެ.

އޭގެ އިތުރުން ދެ ގައުމަށް ފައިދާ ހުރި ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް، ދެ ބޭފުޅުން އެއްބަސްވެފައިވާ ކަމަށް އަދާލަތުން ބުނެ އެވެ.

އަންވަރަކީ މެލޭޝިޔާގެ ބޮޑުވަޒީރު ކަމަށް ދެން ވަޑައިގަންނަވާނެ ބޭފުޅާ އެވެ. އެގޮތުން މިހާރު އެ މަގާމުގައި ހުންނެވި ޑރ. މަހާތީރު މުހައްމަދު ދެ އަހަރު ފަހުން މަގާމުން އިސްތިއުފާ ދެއްވާ، އަންވަރަށް މަގާމު ދެއްވާނެ ކަމަށް ވަނީ އިއުލާނު ކުރައްވާފަ އެވެ. އެގޮތުން ބޮޑުވަޒީރު ކަމަށް ހަވާލުވުމަށް، އަންވަރު ވަނީ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑިއެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަމުގައި އަންވަރު ހުންނެވީ ޖަލުގައި ހައްޔަރު ކޮށްފަ އެވެ. އޭނާ މިނިވަންވީ އެ ގައުމުގައި އެންމެ ފަހުން ބޭއްވި އާންމު އިންތިހާބުގައި ނަޖީބު ރައްޒާގު ނާކާމިޔާބުވުމުން އުފެދުނު އާ ސަރުކާރުގަ އެވެ.
ހިޔާލު