Dhuniyeyge Emme Reethi Beachge Award Reethi Faru Resort Ah
image
ރީތި ފަރު ރިސޯޓް ބީޗް.-- ފޮޓޯ: ހޮޓެލިއަރ މޯލްޑިވްސް
މަރިޔަމް ރިފާ
0 ކޮމެންޓް
 

ބުޓީކް ހޮޓެލް އެވޯޑް: އެންމެ ރީތީ، ރީތި ފަރުގެ ގޮނޑުދޮށް

މަތީ ފަންތީގެ ޙިދުމަތްދޭ ރިސޯޓުތަކާއި ހޮޓާ ތަކުގެ ތެރެއިން ހޮވާލެވޭ ތަންތަނަށް ދޭ އެނުއަލް ބުޓީކް ހޮޓެލް އެވޯޑްގައި ދުނިޔޭގެ އެންމެ ރީތި ގޮނޑުށޮށް އޮންނަ ރިސޯޓަކަށް ރާއްޖޭގެ ރީތި ފަރު ހޮވިއްޖެ އެވެ.
މިދިޔަ އަހަރުގެ ދުނިޔޭގެ އެންމެ ރީތި ގޮނޑުދޮށް އޮންނަ ރިސޯޓަކަށް ރީތި ފަރު ހޮވުނު އިރު، 14 ކެޓަގަރީއަކުން ދޭ ބުޓީކް ހޮޓެލް އެވޯޑްގައި ރާއްޖޭގެ އިތުރު ރިސޯޓަކަށް އެވޯޑެއް ލިބިފައެއް ނުވެ އެވެ. އެކަމަކު މިދިޔަ އަހަރު ބޭއްވި، 2017 ވަނަ އަހަރުގެ އެނުއަލް ބުޓީކް އެވޯޑްގައި، ދުނިޔޭގެ އެންމެ މަގުބޫލް ޕްރައިވެޓް ވިލާގެ އެވޯޑް ލިބުނީ ރާއްޖޭގެ ކޮކޯ ޕްރައިވެޓް އައިލެންޑަށެވެ.

މިދިޔަ އަހަރުގެ އެނުއަލް ބުޓީކް އެވޯޑުގެ ކެޓަގަރީ ތަނަށް 80 އަށް ވުރެ ގިނަ ގައުމުގެ 300 އަށް ވުރެ ގިނަ ރިސޯޓާއި، ހޮޓާ އަދި ރެސްޓޯރަންޓްތައް ވާދަކުރި އެވެ.

ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އެނުއަލް ބުޓީކް އެވޯޑްސްގެ މި އަހަރުގެ އެވޯޑުތަކަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ. ހޮވާލެވިފައިފާ ފަނޑިޔާރުންގެ ޕެނަލަކުން އެވޯޑް ދޭނެ ރިސޯޓްތައް ކަނޑައަޅާ އެވޯޑް ލިބޭ ފަރާތްތައް އިއުލާނު ކުރުން އޮންނާނީ އަންނަ އަހަރު އެވެ.
ހިޔާލު