Employment tribunal ge full-time member kamah dhe beyfulhaku
image
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރު ކަމަށް އައްޔަން ކުރި ދެ ބޭފުޅުން ހުވާ ކުރަނީ.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރު ކަމަށް ދެ ބޭފުޅަކު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެމްބަރު ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެ ބޭފުޅަކު އައްޔަން ކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ފުލްޓައިމް މެންބަރުންގެ ގޮތުގައި މިއަދު ހަމަޖައްސާފައިވަނީ، މއ. އާޕިއާ، މުހައްމަދު ޒާހިރު އާއި ހ. އެލިއަތުވިލާ، މަރްޔަމް ޝަމްއާ އިބްރާހީމް ކަމަށެވެ. އެ ދެ ބޭފުޅުން، އެ މަގާމަށް އައްޔަން ކުރީ ވަޒީފާއާ ބެހޭ ގާނޫނުގެ 89 ވަނަ މާއްދާގެ (ހ)ގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ރައީސް ސޯލިހު ވަނީ އެ ދެ ބޭފުޅުން މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލު ކުރައްވާފަ އެވެ. ރައީސް އޮފީހުން ބުނީ، ލިޔުން ހަވާލު ކުރުމުގެ ކުރިން، ކްރިމިނަލް ކޯޓުގެ އިސް ޣާޒީ އަހްމަދު ހައިލަމްގެ ކުރިފުޅުމަތީގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވާ އެ ދެ ބޭފުޅުން ކުރެއްވި ކަމަށެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު އައްޔަނު ކުރި މުހައްމަދު ޒާހިރު ވަނީ ޔުނިވާސިޓީ އޮފް ލަންޑަނުން ބެޗްލާ އޮފް ލޯ ހާސިލް ކޮށްފަ އެވެ. އަދި މަރްޔަމް ޝަމްއާ ވަނީ ވިލާ ކޮލެޖުން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކޮށްފަ އެވެ.

އޭގެ އިތުރުން ޝަމްއާ ވަނީ 2014 ވަނަ އަހަރު ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަން ކޮށްފަ އެވެ. އަދި އެމްޓީޑީސީ އާއި ޕެރަޑައިސް ހޮލިޑޭ އަދި އެމްއޭސީއެލްގެ އިތުރުން މީރާ ފަދަ އިދާރާތަކުގައި މަސައްކަތް ކޮށްފަ އެވެ.
ހިޔާލު