Suhana Phone ge Wallpaper Fenunutha?
image
ސުހާނާ ހާން---
0 ކޮމެންޓް
 

ސުހާނާގެ ފޯނުގެ ވޯލްޕޭޕާ ދުށިންތަ؟

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހު ރުކް ހާނުގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު، ސުހާނާ ހާނުގެ ފޯނު ވޯލްޕޭޕާ ވަނީ ދާދި ފަހަކުން ކެމެރާތަކަށް އަރާފަ އެވެ.
ލަންޑަނުގެ ތައުލީމު ހާސިލުކުރަމުން އަންނަ ސުހާނާ މިހާރު ހުރީ ޗުއްޓީއަށް މުމްބާއީގަ އެވެ. އަދި އިންޑިއާގެ މީޑިއާތަކަށް ވަނީ ސުހާނާ، އެނާގެ މަންމަ ގޯރީއާ އެކު ރޭގަނޑުގެ ކެއުމަކަށް ގޮސްފައިވާ ތަން ފެނިފަ އެވެ.

އިންޑިއާގެ ނޫސްތަކުން ސުހާނާ އާއި ގޯރީގެ ފޮޓޯތައް ނަގާފައިވާއިރު އެ ފޮޓޯތަކުން އެންމެންގެ ލޮލަށް އަޅައިގަތީ ސުހާނާގެ ފޯނުގެ ވޯލްޕޭޕާ އަށެވެ. ބައެއް ފޮޓޯތަކުން ސުހާނާގެ ވޯލްޕޭޕާ ސާފުކޮށްފެނިގެންދާއިރު އޭނާ ވޯލްޕޭޕާ އަށް ލާފައިވަނީ އެނާގެ ކޮއްކޮ އަބްރަމް ހާނުގެ ފޮޓޯއެކެވެ.


ސުހާނާ އޭނާ ކޮއްކޮ އަބްރަމް ދެކެ ވަރަށް ލޯބިވެއެވެ. ފަސް އަހަރުގެ އަބަރްމް އާއި ސުހާނާ އާއި ގާތް ގުޅުމެއް އޮންނައިރު ދެމީހުން އެކުގައި ވަރަށް ވަރަށް ގިނައިން ފެނިފައެވެ.






ސުހާނާ ވަނީ މަޝްހޫރު މެގަޒިން ވޮގް އިންޑިއާގެ ކަވާ އިން ވެސް ފެނިފައެވެ. އަދި ދާދި ފަހުން އޭނާ ވަނީ ކޮލެޖުގެ ކުރު ފިލްމެއް ކުޅެފައެވެ. ޝާހު ބުނިގޮތުގައި ސުހާނާ ބޭނުންވަނީ އެކްޓު ކުރަން ކަމަށާއި ތިން ވަރަކަށް އަހަރު ތެރޭ ރަނގަޅު އެކްޓަރަކަށް އޭނާ ވާނެ ކަމަށް ޝާހު ވަނީ ބުނެފައެވެ.
ހިޔާލު