Emme agubodu public kunfungnakah Amazon
image
އެމެޒޯންގެ ފައުންޑަރު ޖެފް ބޭޒޯސް: އޭނާ އަކީ މިހާރު ދުނިޔޭގެ އެންމެ މުސްހަނދި މީހާ.-- ފޮޓޯ: ގެޓީ އިމޭޖަސް
0 ކޮމެންޓް
 

އެންމެ އަގުބޮޑު ޕަބްލިކް ކުންފުންޏަކަށް އެމެޒޯން

ދުނިޔޭގެ އެންމެ އަގު ބޮޑު ޕަބްލިކް ކުންފުނީގެ ޝަރަފު، މީގެ 25 އަހަރު ކުރިން ޖެފް ބޭޒޯސް އުފެއްދި އޮންލައިން ވިޔަފާރި ކުންފުނި އެމެޒޯނުން ހޯދައިފި އެވެ.
އެމެޒޯނުން އިއްޔެ އެ ޝަރަފު ހޯދީ، އެންމެ އަގު ބޮޑު ޕަބްލިކް ކުންފުނީގެ ގޮތުގައި އޮތް މައިކްރޯސޮފްޓަށް ވުރެ ކުރި އަރައިގެންނެވެ. އެގޮތުން އިއްޔެ އެމެރިކާގެ ހިއްސާގެ ބާޒާރު ބަންދު ކުރި އިރު، މައިކްރޯސޮފްޓުގެ އަގު 789 ބިލިޔަން ޑޮލަރިގައި ހުރި އިރު، އެމެޒޯންގެ އަގު ވަނީ 797 ބިލިޔަން ޑޮލަރަށް އަރާފަ އެވެ.

އެންމެ އަގުބޮޑު ޕަބްލިކް ކުންފުނީގެ ޝަރަފު އެމެޒޯނުން ހޯދި އިރު، އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 3.4 ޕަސެންޓް އިތުރުވެފަ އެވެ.

އެމެޒޯންގެ ކާމިޔާބީއާ އެކު، ޖެފް ބޭޒޯސް ވަނީ ދުނިޔޭގެ އެންމެ މުސްހަނދި މީހާގެ ޝަރަފު ހޯދާފަ އެވެ. މީގެ ކުރިން ވެސް މައިކްރޯސޮފްޓުގެ ބާނީ ބިލްގޭޓްސް ވައްޓާލުމަށް ފަހު ބޭޒޯސް ވަނީ އެ ޝަރަފު ހޯދާފަ އެވެ. ނަމަވެސް ފަހުން ބޭޒޯސް އެ ލިސްޓުގެ ދެ ވަނަ އަށް ވެއްޓުނީ އެވެ.

ބޭޒޯސްގެ މިހާރު ނެޓް ވޯޓް ނުވަތަ އޭނާގެ މިލްކިއްޔާތުގެ އަގަކީ 112 ބިލިޔަން ޑޮލަރެވެ. ބިލްގޭޓްސްގެ މިލްކިއްޔާތުގެ އަގު އުޅެނީ 90 ބިލިޔަން ޑޮލަރުގަ އެވެ.
ހިޔާލު