Hyundai Elevate : Hingaa Car eh
image
އެލެވޭޓް .-- ފޮޓޯ: ހިޔުންޑައި
ޝާދިން މުހައްމަދު
0 ކޮމެންޓް
 

ހިޔުންޑައި އެލެވޭޓް : ހިނގާ ކާރެއް

އާދައިގެ ކާރެއްހެން މަގުތަކުގައި ދުއްވުމުގެ އިތުރުން ހަތަރެސްފައި ޖަހާފަ ހިނގޭ ކާރެށްގެ މޮޑެލެއް މަޝްހޫރު ކާރު ކުންފުނި، ހިޔުންޑައި އިން ދައްކާލައިފިއެވެ. މި ކާރަށް ހިޔުންޑައި އިން ދީފައިވާ ނަމަކީ އެލެވޭޓް އެވެ.
ގާތަކާއި ފަރުބަދަތައް މަތިން ހިނގާލާފަ ދެވޭނެ ކަމަށް ހިޔުންޑައި އިން ބުނާ މި ކާރުގެ ކޮންސެޕްޓާއި ކުޑަ މޮޑެލް ދައްކާލައިފާ ވަނީ އެމެރިކާގެ ލާސް ވޭގަސްގައި ބޭއްވި ސީއީއެސް ޓެކްނޮލޮޖީ ފެއާގައެވެ.

ހިޔުންޑައި އިން ބުނާ ގޮތުގައި މި ކާރަށް ހިނގާފައި ގަޑިއަކު 5 ކިލޯމީޓަރަށް ދަތުރުކުރެވޭނެ އެވެ. އަދި 5 ފޫޓު ފާރުތަކަށް މި ކާރައް އެރޭނެ ކަމާއި 5 ފޫޓު ދުރުމިނަށް ފުއްމާލެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ހިޔުންޑައިގެ ނައިބު ރަައީސް ޖޯން ސޫ ވިދާޅުވީ މި ކާރު ޑިސައިން ކޮއްފައި ވަނީ ގުދުރަތީ ކާރިސާތަކަށް ވިސްނާފައި ކަމަށެވެ. ސުނާމީ ނުވަތަ ބިންހެލުމެށް އައިސްފި ހާލަތެއްގައި އެންމެ އެކަށީގެން ވާގޮތުގައި މީހުން ސަލާމަތް ކުރުމަށް ކަމަށެވެ.

"އެލެވޭޓަށް ވަރަށް ފަސޭހައިން ފެންބޮޑުވެފައި އޮތް ތަނުން ނޫނީ ހަލާކުވެ ވެއްޓިފައި އޮތް ކޮންކުރީޓު ގަނޑެއް މަތިން ހިނގާލެވޭނެ" ޖޯން ވިދާޅުވިއެވެ.

މިފަދަ ކާރެއް ހެދުމުގެ ސަބަބުން އިންސާނުންނަށް ވަރަށް ފަސޭހަވީނަމަވެސް މިފަދަ ކަމެއް ކުރުމަކީ އެހާ ފަސޭހަވާނެ ކަމެެއް ނޫން ކަމަށްވެސް ހިޔުންޑައި އިން ބުންޔެވެ.
ހިޔާލު