Ishqbaaz ge Lead Bathala ah Badhalu Gennanee
image
އިޝްގްބާޒުގެ ޕޯސްޓަރެއް---
0 ކޮމެންޓް
 

އިޝްގްބާޒްގެ ލީޑު ބަތަލާގެ ރޯލަށް ބަދަލެއް ގެންނަނީ

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ އިޝްގްބާޒްގެ ލީޑު ބަތަލާގެ ރޯލަށް ބަދަލެއް ގެންނަން އުޅޭކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.
އިޝްގްބާޒް ގައި އާ ޖެނަރޭޝަނެއް މިހާރު ފަށާފައިވާއިރު އެ ޝޯގައި މީގެ ކުރިން މަސައްކަތް ކުރި ގިނަ ފަންނާނުން ވަނީ އެޝޯ ދޫކޮށްލާފަ އެވެ. އާ ޖެނެރޭޝަނާއެކު އެސީރީޒް ގައިފެނިގެން ގޮސްފައިވަނީ ކުރިން ފެންނަ ތަރިންގެ ތެރެއިން ހަމައެކަނި ނަކުލް މެހެތާ (ޝިވާއީ) އެކަންޏެވެ.

ޝިވާއީ އާއި އަނިކާގެ ދަރި، ޝިވާންޝް ސިންގް އޮބްރޯއީގެ ރޯލުން ނަކުލް މިހާރު ފެނިގެންދާއިރު ލީޑު ބަތަލާއެއްގެ ގޮތުގައި ފެނިގެންދަނީ ޓީވީއަށް އާފަންނާނެއްކަމަށްވާ މަންޖިރީ ޕުޕަލާއެވެ. އޭސީޕީ އަދިއްތީ ދޭޝްމުކްގެ ރޯލުން މަންޖިރީ ފެނިގެންދާއިރު އެނާ އެރޯލަށް ނަގާފައިވަނީ ގިނަ ފަހަރުތަކެއް މަތިން އޮޑިޝަން ތަކެއް ކުރުމަށް ފަހުގައެވެ.

މިހާރު އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި އެޝޯގެ ޕްރޮޑިއުސަރުން ވަނީ އެރޯލަށް ބަދަލެއް ނެގައުމަށް ނިންމާފައެވެ. އެގޮތުން ލީޑު ބަތަލާގެ ރޯލަށް މިހާރު އޮޑޮޝަން ކުރަން ފަށައިފި ކަމަށް ރިޕޯޓުތައް ބުނެފައެވެ. ނަމަވެސް އެރޯލަށް ބަދަލު ގެންނަނީ ކީއްވެކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިޝްކުބާޒް ފަށާފައިވަނީ 2016 ވަނަ އަހަރެވެ. އެ ސީރީޒަކީ ތިން ބެއިންގެ ހަޔާތުގެ މައްޗައް ހަދާފައިވާ ސީރީޒެކެވެ. ނަމަވެސް އާޖެނަރޭޝަނާއެކު އެސީރީޒުގައި މިހާރު ބޮޑަށް ދައްކަނީ ޝިވާންޝް ގެ ރޯލެވެ.
ހިޔާލު