Pakistan aa eku gulhunthah ithurah badhahikuran mashvara kohfi
image
ނައިބު ރައީސް ފައިސަލް، ޕާކިސްތާނުގެ ސަފީރު ވަސީމް އާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ޕާކިސްތާނާ އެކު ގުޅުންތައް އިތުރަށް ބަދަހިކުރަން މަޝްވަރާ ކޮށްފި

ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ވަސީމް އަކްރަމް އާއި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގައި، ރާއްޖެ ޕާކިސްތާނާ ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދިފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ދެ ގައުމަށް ފައިދާހުރި ގޮތަކަށް އިތުރަށް ގުޅުންތައް ބަދަހި ކުރަން ބޭނުންފުޅުވާ ކަމަށް ދެ ބޭފުޅުން ފާހަގަ ކުރެއްވި އެވެ. އަދި ޕާކިސްތާނުން ރާއްޖެ އަށް ވެދީފައިވާ އެހީތަކަށް، ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

އެގޮތުން ކުޅިވަރުގެ ދާއިރާއިން އާއި ތައުލީމީ އަދި ވިޔަފާރީގެ ދާއިރާގެ އިތުރުން ދެ ގައުމުން ޝައުގުވެރިވާ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. އަދި އުފާވެރި މުސްތަގްބަލެއް ޕާކިސްތާނާއި ރާއްޖެ އަށް އޮތް ކަމަށް އުންމީދު ކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ޕާކިސްތާނުގެ ސަފީރު ވަނީ އެ ގައުމުން ރާއްޖޭގައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި މެޑިކަލް ކޭމްޕްތައް ބޭއްވުމަށް މަޝްވަރާ ކުރެއްވި އެވެ. އަދި މީގެ ކުރިން ބޭއްވި އެފަދަ ކޭމްޕްތަކަށް ސަރުކާރުން ދިން އެއްބާރުލުމަށް ޝުކުރު ވެސް އަދާކުރެއްވި އެވެ.
ހިޔާލު