Raees Yameen Sarukaarun Usgekolhu Huree 12 Aharah Kuyyah Dheefai
image
އުސްގެކޮޅުގެ ކުރީގެ ފޮޓޯއެއް.. ފޮތޯ: ތާރީހް ދިރާސާކުރާ ނާޖިހް ދީދީ
11 ކޮމެންޓް
 

ރައީސް ޔާމީން ސަރުކާރުން އުސްގެކޮޅު ހުރީ 12 އަހަރަށް ކުއްޔަށް ދީފައި

ކުރީގެ ރަސްރަސްކަލުން ގަނޑުވަރެއްގެ ގޮތުގައި ބޭނުންކުރި ސަލްޓަން ޕާކް ތެރޭގައި ހުރި ކުރީގެ ދާރުލް އާސާރު (އުސްގެކޮޅު) ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 12 އަހަރަށް ކުއްޔަށް ދީފައި ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ. dhi2
މިނިސްޓަރު ޔުމްނާ ވިދާޅުވީ ކުރީގެ ސަރުކާރުން އުސްގެކޮޅު 12 އަހަރަށް ބަޔަކަށް ކުއްޔަށް ދީފައިވާ ކަމަށެވެ. އަދި އޭރު ސަރުކާރުން އުސް ގެކޮޅު އެހެން ތަނަކަށް ބަދަލު ކުރެއްވުމުގެ ވިސްނުމެއްވެސް ގެންގުޅުއްވި ކަމަށް ޔުމްނާ ވިދާޅުވިއެވެ.

އުސްގެކޮޅު ކުއްޔަށް ދޫކޮށްފައި ވަނީ އޭރު ހައުސިން މިނިސްޓްރީގެ ތެރެއިންނެވެ. ހައުސިން މިނިސްޓަރު އާތިފާ ޝަކޫރުވެސް ވަނީ އުސްގެކޮޅު ކުއްޔަށް ދޫކޮށްފައިވާ ކަން ކަށަވަރުކޮށްދެއްވާފައެވެ.

ކުރީގެ ސަރުކާރުން ރެސްޓޯރެންޓެއް ހެދުމަށް އުސްގެކޮޅު އެއްވެސް އިއުލާނެއް ކުރުމެއްނެތި ބަޔަކަށް ކުއްޔަށްދީފައިވާ ކަމަށް އޭރުވެސް މީހުން ބުނަމުންދިޔައެވެ. އެހެން ނަމަވެސް އޭރު އެކަމަށް ސަރުކާރުން ވާހަކަ ދައްކާފައެއް ނުވެއެވެ.

އުސްގެކޮޅަކީ އަލްސުލްތާނު މުހައްމަދު އިމާދުއްދީން ހަވަނަ (ހާޖީ އިމާދުއްދީން) ރަސްކަމުގައި ބިނާކުރެވުނު ގެކޮޅެކެވެ. އެރަދުންގެ ރަސްކަން ނިމުނީ 1903 ގައެވެ. އުސްގެކޮޅު ބިނާ ކުރެއްވީ އެރަދުން މިސްރުން ކައިވެނިބައްލަވައިގެންނެވި އަނބިކަނބަލުން ގެންނެވުމަށްޓަކައެވެ. އެހެން ނަމަވެސް 1903 ގައި ކައިވެނިބައްލަވައިގެންނެވިތަނާހެން އޭރު ހާޖީ އިމާދުއްދީންގެ ރަސްކަން ބަދަލުވެގެންދިޔައެވެ.

އޭގެ ފަހުން ރަސްކަމުގައި އުޅުއްވި ބައެއް ބޭފުޅުން އުސްގެކޮޅު ބޭނުންކުރެއްވިއެވެ. އެންމެ ފަހުން އުސްގެކޮޅު ބޭނުން ކުރެވުނީ ދާރުލްއާސާރުގެ ގޮތުގައެވެ.
ތާރީހު
ހިޔާލު

ދޮންފުތާ

އަޖޭ ؛ ރައްޔިތުންގެ އެއްޗެއް ވިއްކޭނީ ބިޑްކޮށް ރަނގަޅު އަގުގަ؛
ކުޑަމިނުން ރައްޔިތުންނަށް އެނގެންޖެހޭނެ ކާކަށް ކިހާ މުއްދަތަކަށް ކޮން ަަގަކަށް ކަން ދިނީ. ވައްކަމާ ޚިޔާނާތް މިހާރު ދީނާ ގާނޫނަށްވެ އާދައިގެވީތޯ؟

އަޖޭ

އެތަށް ހާސް އަހަރަކު ހުހަށް ހުރުމަށް ވުރެ ރަނގަޅުވަނީ އެތަނުގަ ކަމެއް ކުރީޔާ. އެއާރ ޕޯޓުވެސްދިނީ ދެންވެސް ހުރިތަނެއް ދެމުން ދިޔައީ އެހްނވީމާ އެއީ ގޯހެއް ނުން.ސަރުކާރަށް އެއްޗެއް ލިބެންޏާރަނގަޅު. އަވަހަށް އެތަނުގަ ވިޔަފާރި ފަށަން އަންގަން ވީ.

ޭއެނޮނިމަސް

ތިތަަަން ކުއްޔަަަށް ދިނީ ބްލޫ ބޭ ރެސްްްޓޯރެންޓް ހިންގި މީހުންްްްނައް އެތާ ރެެެެެެސްޓޯރެންޓްް ކެންޓީން ހިންގަން

ނާޅި

މިހާރުވެސް ސަރުކާރުން ކުރާކަމަކީ މާލެ މީހުންނަށް ބޭނކުތަކުން ފަސޭހައިން ލޯނު ދީގެން މާލޭގެ ގެތަށް ބުރިބުރިޔަށް ނެގުން އަހަރުމެން ރަށުކުދިން ފަނުން ޖިފްޓިޖަހައިގެން ޖަޒީރާ ހެދިފަ ތިބުން ނުންތޯ ؟ ބޭންކުންވެސް ރަށު މީހުން ގެ ބުރިބުރިޔަށަ އަޅަން ފަސޭހައިން ލޯނު ނުދެނީ ކީއްވެތޯ ؟

ސަލްވާ

މަހިތުން އެތަނަށް ކިޔަނީ އުސްގެކޮޅެއްނޫން "މަތިގެ" ޔުމްނާ އަޅެ މިނަމުގެ ރަގަޅުގޮތް ބައްލަވާފަ ވިދާޅުވެ ދެއްވުން އެދެން އުސްގެކޮޅު ކިޔަންޏާ މުލީއާގެކޮޅުވެސް ކިޔަންވީ އެހެންނާފަހެ

ނިޒާމް

ކާކަ ނުވަތަ ކޮންބަޔަކަށް ކަމެއް ކުއްޔަށް ދެވުނީ ހަބަރެއް ލިޔާ އިރު ބަޔާނެއް ނުކިރެވޭތަ؟

ސަންޕަތު

ނަސީބެއްނު . މުލީއާގެ ކުއްޔަށް ނުދެވެނީސް ވެރިކަން ބަދަލުވިކަން .

ސުވާސާ

އޭރު ރައްޔިތުން ގެދޮރު ހެދީ ދަނޑިފަނުން، އެއްއިރު ކެއިއްޔާ އަނެއް ހަތަރުއިރު ނުކައިތިބީ، އެކަމަކު މާލޭ ގަބީލާ ރަސްގެފާނަށް ދައުލަތުގެ ފައިސާއިން ކުރަން ފެނުނު އެންމެ މުހިންމުކަމަކީ މިސްރު އަނބިމީހާ ބަހައްޓަން 3 ބުރީގެ ހަވޭލީއެއް އެޅުން.

މީދާހިފާފަތި

ނަސީބެކޭ ޔާމީނު ދެވަނަދައުރަކަށް ނުހޮނުވުނުކަން ހޮވުނުނަމަ ޗައިނާމީހުން އެމްބަސީހަދަން ހުކުރުމިސްކިތްވެސް ކުއްޔަށްދިނީސް ،

ކުންނާރު

މުންނާރު ވެސް ކުއްޔަށްދީފަތޯ ބައްލަވާދެއްވުން އެދެން.

ަސަފސ

އަވަހައް އެގުރިމެންޓް ބާތިލްކުރޭ ޒިންމާނަގަންޖެހޭނީ ކުއްޔައްހިފި ފަރާތުން