Male' in Current Dhiyaee Generator eh Nivigen
image
ޝާދިން މުހައްމަދު
1 ކޮމެންޓް
 

މާލެ އިން ކަރަންޓު ދިޔައީ ޖަނެރޭޓަރެއް ނިވިގެން

ރޭ މާލޭގައި ބޮޑު ބަޔަކުން ކަރަންޓު ކެނޑިފައިވަނީ ޖަނެރޭޓަރެއް ނިވިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތުދެއްވަމުން ސްޓެލްކޯގެ މީޑިޔާ އޮފިޝަލް އިބްރާހިމް ރައުފް ވިދާޅުވީ ކަރަންޓް ކެނޑެއް މެދުވެރިވީ ޖަނަރޭޓަރަށް ދިމާވި ކުއްލި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ޖަނަރޭޓަރު ނިވިގެން ކަމަށެވެ.

"ގާތްގަނޑަކަށް 45 މިނެޓަށް ކަރަންޓް ކަނޑައިގެން ދިޔައީ މާލޭގެ ހަބައިކުޅަ އެއްބައިން. އަޅުގަނޑުމެން އެކަން ފިކްސްކޮށް އިރުކޮޅެއްގެ ތެރޭގައި ވަނީ ކަރަންޓް ދެވިފައި" ރައޫފު ވިދާޅުވިއެވެ.

ރޭ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ގޮސްފައި ވަނީ 1:20 ހާއިރުއެވެ. މާލޭއިން ކަރަންޓް ކެނޑުމާއެކު ބައެއް ގޭގެއިން މީހުން މަގުމައްޗަށް ނިކުމެ ކުޑަކުދިން ގޮވައިގެން މަގުމަތީގައި އުޅެފައިވެއެވެ.

ރޭ މާލެއިން ކަރަންޓް ގޮސްފައި ވަނީ ހެންވޭރާއި، ގަލޮޅާއި އަދި މާފަންނޫއިންނެވެ. މާފަންނޫގެ ބައެއް ގެ ތަކުން ކަރަންޓް ދިޔައިރު ހެންވޭރުގެ ބޮޑު ބަޔަކުން ކަރަންޓް ވަނީ ގޮސްފައެވެ.

ރޭ މާލެއިން ކަރަންޓް ކެނޑިފައިވާއިރު ފަހަކަށް އައިސް މާލެއިން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ވަނީ ކުރިމަތިވެފައެވެ.
ސްޓެލްކޯ
ހިޔާލު

އިބްރާ

ޔާމީނު ސަރުކާރުގެ ދުވަސްވަރު މާލެއިން ކަރަންޓްދަނީ އިންޖީނުތަށް މުގުރިގެންނޯލައެވެ. ނަމަވެސް އަދުގެ އިބޫ ސަރުކާރުގައި މާލެއިން ކަރަންޓްދަނީ އަބަދުވެސް އިންޖީނުތަށް ނިވިގެންނެވެ. ކަރަންޓް ނެތިގެންވާދަތިތަށް މާލޭގެ ރައްޔިތުންނަށް މިސަރުކާރުގައި ވާހެނެއް ހިއެއްނުވެއެވެ. ހިތްއެދޭ ބަޔަކު ސަރުކާރުގައި ތިބީމަ ހަޖަމްވަނީ ތޯއްޗެކެވެ.