Adhaalath Party in Vaadhakuraa 13 Dhairaayah Kurimathilaan Hulhuvaalaifi
image
2 ކޮމެންޓް
 

އަދާލަތު ޕާޓީން ވާދަކުރާ 13 ދާއިރާއަށް ކުރިމަތިލާން ހުޅުވާލައިފި

ކޯލިޝަނުގެ ތެރެއިން އަދާލަތު ޕާޓީން އަންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމާފައިވާ 13 ދާއިރާއަށް ކުރިމަތިލާން ބޭނުން ފަރާތްތަކުން ފޯމް ހުށަހެޅުމަށް އެޕާޓިން ހުޅުވާލައިފިއެވެ.
އަދާލަތު ޕާޓީން ބުނެފައި ވަނީ އެޕާޓީން 13 ދާއިރާއަކަށް ޓިކެޓް ދިނުމަށް ނިންމާފައި ވާތީ އެ 13 ދާއިރާއިން ވާދަކުރަން ބޭނުންފުޅުވާ ފަރާތްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ޕާޓީ އޮފީހަށް ފޯމް ލުމަށް އެދޭ ކަމަށެވެ.

އަދާލަތު ޕާޓީން ކުރިމަތިލާން ހުޅުވާލާފައިވާ 13 ދާއިރާއަކީ:
1. ކެލާ ދާއިރާ
2. ވައިކަރަދޫ ދާއިރާ
3. ކުޅުދުއްފުށީ އުތުރު ދާއިރާ
4. މަކުނުދޫ ދާއިރާ
5. އިނގުރައިދޫ ދާއިރާ
6. ކާށިދޫ ދާއިރާ
7. މަހިބަދޫ ދާއިރާ
8. މުލަކު ދާއިރާ
9. ނިލަންދޫ ދާއިރާ
10. ގަމު ދާއިރާ
11. ފުވައްމުލަކު ދެކުނު ދާއިރާ
12. ފޭދޫ ދާއިރާ
13. މާފަންނު ދެކުނު ދާއިރާ އެވެ.

އަދާލަތު ޕާޓީން 13 ދާއިރާއަކަށް ކުރިމަތިލާން ނިންމާފައިވާއިރު، ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން 86 ދާއިރާއަކަށް ކުރިމަތިލައެވެ. ޖުމްހޫރީ ޕާޓީން 87 ދާއިރާއަށް ކުރިމަތިލާން ވަނީ ނިންމާފައެވެ.
ޝެއިހް އިމްރާން
ހިޔާލު

ޢަސްލުމީހާ

ޢަހަރެން މިހުރީ ގއ. ގެ ދާއިރާ އެއް އޮންނާނެ ކަމަށް ބަލައިގެން... ނެތީމަ ވަރަށް ދެރަ.. ތާޢީދު ނެތީތަ...؟ ޔަގީނުން ގެމަނަފުށި ދާއިރާ އިން ވަރަށް ޗާންސް ބޮޑުވާނެ..

ލަކޫ

އަދާލަތުވެސް އަދި ދާއިރާ ގިނަކުރަން ފެންނަނީ !